މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރު ރަމަޟާންމަހު މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތުގައި އިމާމުވެ ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިހިނގާ 1445 ވަނަ އަހަރު ރަމަޟާންމަހު މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދަން ބޭނުންވާތީ، އިމާމުވެ ތަރާވީޙު ނަމާދު ކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުޞަތު ހުޅުވާލަމެވެ.

ތަރާވީޙު ނަމާދު ކުރުމަށް އެދޭ ޙާފިޡުން 2023 ޑިސެމްބަރ 31 ވަނަ ދުވަހު 14:00 ގެ ކުރިން "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" ފުރިހަމަކޮށް ލިޔުންތަކާއި މިއިދާރާއަށް ހުށަހެޅުވުމަށް ދަންނަވަމެވެ. އަދި "ދިވެހި ޙާފިޡުން އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދޭ ފޯމް" މިއިދާރާއިންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް https://islamicaffairs.gov.mv/?p=7481/ އިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.

ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް 500/- (ފައްސަ ސަތޭކަ) ރުފިޔާގެ މަގުންނެވެ.

އަދި ދަންނަވަމެވެ. 1445 ވަނަ އަހަރު ނަޞްރު މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ދޭނީ މިކައުންސިލްގެ އިދާރާ މެދުވެރިކޮށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިނެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2023
ހޯދާ