މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް.

03 ރޫމުގެ އެޕާޓްމަންޓެއް ކުއްޔައް ހިފުމާބެހޭ

މިކުންފުނީގެ މުވައްޒަފުން ބޭތިއްބުމަށްޓަކައި 03 ރޫމުގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.

ވީމާ، 03 ރޫމުގެ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 10:30 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މާރިޗު 2015 ވާ ބުދަ ދުވަހުގެ 15:00 އަށް މިކުންފުނީގެ ކޯޕަރޭޓް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015
ހޯދާ