މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއްމު މަޢުލޫމާތު

2023 ގެ 25  ވަނަ އާއްމު ބައްދަލުވުމުގެ 76 ވަނަ ނިންމުގައިވާ ފަތްކެޔޮ އިންދުމަށް ހުއްދަ ދިނުމާއިގުޅޭ

                   ދަނޑުވެރިކަން ކުރުމުގައި ދަނޑުބިމުގައި އިންދާ ހެއްދުމަށް ހުއްދަދީފައިވާ ބާވަތްތަކުގެ އިތުރުން ފަތްކެޔޮ އިންދާ ހެއްދުމަށް ހުއްދަދީ އެކަން އާއްމުކޮށް އަންގާއިއްލާންކުރީމެވެ.

                   ފަތްކެޔޮ އިންދުމަށް ހުއްދަދިނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 76 ވަނަ ނިންމުގައިވާ ގޮތުގެ މަތިންނެވެ. ކައުންސިލްގެ 76 ވަނަ ނިންމުމުގައިވަނީ "ދަނޑުވެރިކަން ކުރުމަށް މިހާރު ހުއްދަދީފައިވާ ބާވަތްތަކުގެ އިތުރުން ފަތްކެޔޮ ބޮޑުވަޅު ނުހަދާ އިންދުމަށް."

                   ވީމާ،ދަންނަވަމެވެ. ދަނޑުބިމުގައި ފަތްކެޔޮ އިންދާ ފަރާތްތަކުން ފަތްކެޔޮ އިންދަންވާނީ ބޮޑުވަޅުގަނޑު ނުކޮނެ، އައިނު ނުކަޑައި ވަޅުގަނޑުގެ ބޮޑުމިނުގައި '2×'2 ފުންމިން '2 (ފުޅާމިނާއި ދިގުމިނުގައި ދެ ފޫޓް ފުން މިނުގައި ދެ ފޫޓެވެ.)

                   ދަނޑުބިމުގައި އިންދުމަށް ކުރީގައި ހުއްދަދީފައިވާ ބާވަތްތަކުގެ އިތުރުން  ފަތްކެޔޮ އިންދުމަށް ހުއްދަދިނީ ދަނޑުވެރިންނަށް ދަނޑުބިންތަކުން ލިބޭ އާމުދަނީ އިތުރުކުރެވޭނެމަގު ފަހިކޮށްދީ ދަނޑުވެރިންކުރާ މަސައްކަތުން ލިބޭ އާމުދަނީ އިތުރުވެގެން ދިއުމުގެ ބޭނުމުގައެވެ. 

11 ޑިސެންބަރު 2023
ހޯދާ