ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރަގެ ކަރަންޓް ތުރީފޭސްއަށް ބަދަލުކުރުން

އިޢުލާން

ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ކަރަންޓް ތުރީފޭސްއަށް ބަދަލުކުރުމާއި ބެހޭ

      ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ކަރަންޓް ތުރީފޭސްއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު 6/2013)"  ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

 

     މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުން 11:00 ށް ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އަދި އެސްޓިމޭޓް ހުށަހަޅާފޯމް އެޓޭޗް ކުރެވިފައިވާ ވާނެވާހަކަ ދެންނެވީމެވެ.

އަދި މިއިތާގެ ކައުންޓަރުން މަޢުލޫމާތު ކަރުދާސް އަދި ފޯމް ލިބެން ހުންނާނެއެވެ.

                       12 ޑިސެމްބަރ 2023

 

 

12 ޑިސެންބަރު 2023
ހޯދާ