ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރު ބުރުނީގައި ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުން

1445 ވަނަ އަހަރު ރަމަޟާންމަހު ބުރުނީގައި އިމާމުގެ ތަރާވީޙްނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، ތިރީގައި މިދަންނަވާ ޚަރަދުތައް ހަމަޖައްސައި ދެވޭނެ ފަރާތްތަކުން 25 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ލިއުމަކުން މިއިދާރާގެ [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ.

ހަމަޖައްސަންޖެހޭ ޚަރަދުތައް:

  • ޙާފިޒު ރާއްޖެއިން ބޭރުން ގެނައުމާއި އަނބުރާ ގެނައި ގައުމަށް ފޮނުވުމަށް ކުރަންޖެހޭ ދެކޮޅު ޓިކެޓް ޚަރަދު
  • ޙާފިޒު ރާއްޖެއައުމުން މާލޭގައި މަޑުކުރުމުގެ ޚަރަދާއި މާލެއިން ސީދާ ބުރުންޏަށް ފޮނުވައިދިނުމުގެ ދަތުރު ޚަރަދު
  • ރަމަޟާންމަސް ނިމުމާއި އެކު ޙާފިޡުން އަނބުރާ ބުރުނިން މާލެ ގެންދިއުމަށް ކުރާ ދަތުރު ޚަރަދާއި މާލޭގައި މަޑުކުރަންޖެހޭ މުއްދަތުގައި ހިނގާނެ ޚަރަދު
  • ޙާފިޡު ރާއްޖެއިން ފުރުމުގެ ކުރިން ދޭންޖެހޭ އެލަވަންސް ދިނުން
  • މިޚަރަދު ތަކުގެ ތެރޭގައި އިންޝުއަރެންސް ކުރަންޖެހޭޏަމަ އެފައިސާ އަކާއި އަދި އިމިގުރޭޝަނުންނާއި ދައުލަތުގެ އެހެނިހެން ވުޒާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިއުންތައް ފުރިހަމަކޮށް ޙާފިޡު ރާއްޖޭގައި ހުންނަ ވަގުތު ބޭނުންކުރާނެ މޯބައިލް ސިމެއް ހޯދައިދޭނީ ޙާފިޡު ގެނެސްދޭ ފަރާތުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 6780038 ގުޅުންވުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެ ވާހަކަ ދެންނެވީމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

12 ޑިސެންބަރު 2023
ހޯދާ