ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
މަރާމާތު

އިޢުލާނު

 

ބީލަން ހުށަހެޅުމުގެ ދައުވަތު

                                                            

      މި މަދަރުސާގައި ކުރަންހުރި މިދަންނަވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.  

1- ހެޑްމާސްޓަރ ގެއާއި، ޓީ ރޫމް އާ ދޭތެރޭގައި ގުދަނުގެ ގޮތުގައި މިހާރު ބޭނުންކުރާ ބައި ސީލިންގުކުރުން .

2- ޕޯޑިއަމް ހެދުން .

3- އެސެމްބްލީ އޭރިޔާގެ ގައު ތަކުގައި ދަވާދުލުން .  

      ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަތަކެތީގައި މި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ     ފަރާތްތަކުން 12 ޑިސެންބަރު  2023 އިން  17 ޑިސެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރަޖިސްޓްރީކުރެއްވުން       އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން

ރަޖިސްޓްރީ ނަމްބަރު

އީމެއިލް އެޑްރެސް

ގުޅޭނެ މޯބައިލް ނަންބަރު

މި މަސައްކަތާއި ބެހޭގޮތުންބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ވ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ. ބިޑް ހުޅުވުން އޮންނާނީ 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައިވ.އަތޮޅު މަދަރުސާގައެވެ.  

 އަދި ދަންނަވަމެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނު އޮންނާނެއެވެ.

* އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަމްބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވ.އަތޮޅު މަދަރުސާ

ފޯނުނަމްބަރު:  6700025 - 7483852                 

                         12 ޑިސެންބަރު 2023

12 ޑިސެންބަރު 2023
ހޯދާ