ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މަކުނުދޫ ޞިއްޙީ މަރުކަޒު

ހދ. މަކުނުދޫ    

 ދިވެހިރާއްޖެ

ނަންބަރު:B-17/SM/HR/2023/08

ވަޒީފާގެ ފުރުޞަތު

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:          

މިމަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

އެޓެންޑެންޓް

މަޤާމްގެ ނަންބަރު:

J-369654

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް ( ވަޒީފާ ހަމަޖެހޭ ދުވަހުންފެށިގެން 28 މެއި 2024 އާއި ހަމައަށް)

މާޤާމުގެ ރޭންކް:

SS2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސާވިސް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަކުނުދޫ ޞިއްހީ މަރުކަޒު ، ހދ. މަކުނުދޫ

މުސާރަ:

-/3470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް މަހަކު -/1200 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ރިސްކް އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.
  4. ހަމަޖެހިފައިވާ އުސޫލުން މިނިމަމް ވޭޖް އެލަވަންސް.
  5. ހެލްތް ސާރވިސަސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ).

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

  1. ޞިއްޙީ މަރުކަޒުގެ އެތެރޭގައިވާ އެންމެހައި ތަންތަން ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ކުނިކަހާ މޮޕްކޮށް ސާފްކޮށް ބެލެހެއްޓުމާއި، ބަލިމީހުން ބޭނުންކުރާ ހަޑިވާޒާތުގެ ތަކެތި އަދި އެހެނިހެން ވޭސްޓް ޤަވާޢިދުން އޮންނަ އުޞޫލުގެ ދަށުން ނައްތާލުން.
  2. ޞިއްޙީ މަރުކަޒުގައި ހުންނަ ފަރުނީޗަރ، މެޝިންފަދަ ތެކެތި ހަޑިވިޔަ ނުދީ ކޮންމެ ދުވަހަކު ފޮޅާ ސާފްކޮށް ބެލެހެއްޓުން.
  3. ބަލިބީހުންނަށް ބޭނުންކުރާ ބެޑްޕެއިން ، ޔުރިނަލް ، ކިޑްނީޓްރޭ ، ކަތުރު ފޯސެޕްސް ފަދަތަކެތި ކޮންމެ ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ދޮވެސާފް ކުރުން.
  4. ބަލިމީހުންނަށް ބޭނުންކުރާ ބެޑްޝީޓް ، ބާލީހުއުރަ ، ގައުން ، ތުވާލި ފަދަ ތަކެތި ހަޑިވުމުން ދޮވުމަށްޓަކައި ލޯންޑްރީއަށް ގެންދިއުން.
  5. ބޭސްއަޅާ ކޮޓަރީގައި އިންޖެކްޝަން ޖަހާ ކޮޓަރީގައި ބޭނުންކުރެވޭ ސްޓެރިލައިޒަރ ، ސާރޖިކަލް ޓްރޭ ، ކިޑްނީ ޓްރޭ ، ކަތުރު ، ފޯސެޕްސް ފަދަތަކެތި ދޮވެ ސާފްކުރުން.
  6. އިންޖެކްޝަންޖަހާ ކައްޓާ ބޭނުންކުރެވޭ ތިލައާއި ހުރިހައި ބާވަތެއްގެ ތޫނުތަކެތި ރައްކާތެރިކަމާއެކު އެތަކެއްޗަށް ޚާއްޞަ ކުރެވިފައިވާ އެއްޗަކަށް އެޅުމަށްފަހު އެންދުމަށް ގެންދިއުން.
  7. ލޭބަރ ރޫމް ވޯޑް އިމަޖެންސީ ރޫމް ލެބޯޓްރީ އަދި ބަލިމީހުންބަލާ ކޮޓަރީގައި ބޭނުންކުރެވޭ ހުރިހައި މަޢުދަނެއްގެ ތަކެތި ކޮންމެ ޝިފްޓް ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ސާފްކުރުން.
  8. ލޭބަރ ރޫމާއި ވޯޑް، ބަލިމީހުންބަލާކޮޓަރިއާއި، އޮފީސްފާޚާނާ ކޮންމެ ޑިއުޓީއެއްގައިވެސް ހަޑިވިޔަނުދީ ސާފްކޮށްބެލެހެއްޓުން.
  9. ހެނދުނާއި ރޭގަނޑު ޑޮކްޓަރުން ރައުންޑަށް އައުމުގެ ކުރިން ބަލިމީހުންގެ ކަބަޑުތަކާއި އެނދުތައް ސާފްކޮށް ރީތިކުރުން.
  10.  ޑިއުޓީގައި ތިބޭ އެޓެންޑެންޓުން ހުރިހާ ފައިވާންތައް ދޮވެ ސާފްކުރުން، ޑްރެސިންގ ރޫމާއި ވޯޑުގައި ހުންނަ ޓްރޮލީތައް ދޮވެ ސާފްކުރުން.
  11. ކްލިނިކަލް އޭރިއާތަކާއި، ބަލިމީހުން މަޑުކުރާ ސަރަހައްދު ކުނިހަހާ ސާފްކޮށް ބެލެހެއްޓުން.
  12.  ކޮންމެ ދުވަހަކު ހެނދުނު ހުރިހާ ބަލިމީހުންގެ އެނދުތަކުގެ ބެޑްޝީޓް ރަބަރު ބާލީހުއުރަ ބަދަލުކުރުން.
  13. ނަމާދު ކުރުމަށް ޚާއްޞަކޮށްފައިވާ ރޫމް ކޮންމެ ޑިއުޓީއެއްގައި ކުނިކަހާ ސާފްކޮށް މޮޕްކޮށް ބެލެހެއްޓުމާ ފާޚާނާ އާއި ވުޟޫކުރުމަށް ޚާއްސަކޮށްފައިވާ ތަންސާފްކޮށް ބެލެހެއްޓުން.
  14. . ޞިއްހީ މަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތީން ޢަމަލީގޮތުން ބައިވެރިވުން.
  15. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން.

މަޤާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެނގުން

ނުވަތަ

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންއެއް/ހުއްދައެއް ހާޞިލުކޮށްފައިވުން.

   ނޯޓު:

   ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ގުޅޭ ވަޒީފާގެ ދާއިރާ

  • ފޮޅާ ސާފުކުރުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި (www.csc.gov.mv) ، ރަސްމީ ގަޑީގައި  މަކުނުދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 (ނ)     މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން " ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚް ހިމަނާފައިވާނަމައެވެ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18  ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ ގެ 13:00ގެ ކުރިން، މަކުނުދޫ ޞިއްޙީ މަރުކަޒުގެއިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އަދި އިންޓަރވިއު އޮންނާނީ 21 ޑިސެމްބަރ 2023 އާއި 27 ޑިސެމްބަރ 2023 އާ ދެމެދު ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގައެވެ.

 

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކޮށް ފެންނާނޭހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރު 6520677 އެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

                 

 

 

 

 

11 ޑިސެމްބަރ 2023

27 ޖުމާދަލްއޫލާ 1445

11 ޑިސެންބަރު 2023
ހޯދާ