މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފައިލިން ކަބަޑުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުން

ފައިލިން ކަބަޑުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުން.

މިކޯޓުން ދައްކާ ނަމޫނާއާ އެއްގޮތަށް، އަމިއްލަ ތަކެތީގައި ފައިލިން ކަބަޑުތަކެއް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 14 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 13:00 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ތާރީޙްގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 19 ޑިސެމްބަރު 2023 ވަނަ ދުވަހުގެ 13:00 ގައި މިކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

11 ޑިސެންބަރު 2023
ހޯދާ