މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އަތޮޅުކައުންސިލް ބާއްވާ ފްޓްސެލް މުބާަރާތުގެ މެޗްތައް ލައިވްކުރުމާއި ފޮޓޯނަގައިދިނުމާއި ބެހޭ

         މި ކައުންސިލުން ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅުކައުންސިލް ފްޓްސަލް މުބާރާތް ލައިވްކޮށްދިނުމާއި ފޮޓޯނަގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)229-IED/229/2023/17 ( 27 ނޮވެމްބަރ 2023 ) އިޢުލާނަށް ޝައުޤްވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅުއްވާފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެ އިޢުލާނު ބާތިލްކޮށް ސުރުޙީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.  

         ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 14 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 18 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

         ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                                    27 ޖުމާދުލްއޫލާ 1445

11 ޑިސެންބަރު 2023
ހޯދާ