ރ. އަލިފުށީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަގުކޮމިޓީއަށް މެމްބަރުން ހޯދުމަށް

އަގުކޮމެޓީއަށް މެމްބަރުން ހޯދުމަށް އެދި ކުރެވުނު މިކޯޓުގެ ނަންބަރު: E1C-A/2023/28 (04 ޑިސެމްބަރ 2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ސިޓީ ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށް، އަގު ކޮމިޓީއަށް އިތުރު 2 (ދޭއް) މެމްބަރުން ބޭނުންވާތީ، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދި ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަގު ކޮމިޓީގެ އުޖޫރައަކީ އަގުކުރުމުގެ މަސައްކަތްކުރާ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. މި ކޮމިޓީގެ މުއްދަތަކީ 3 އަހަރު ދުވަހެވެ.

ވީމާ، އަގު ކޮމިޓީގެ މެމްބަރުކަމަށް އެދިލައްވާ ފަރާތްތަކުން 2023 ޑިސެމްބަރ 12 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ސީޓިއަކުން ހުށަހެޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2023
ހޯދާ