މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާ ބެހޭ:

ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން ކުއްޔަށް ދޫކުރުމާ ބެހޭ:

ބީލަން ހުށައެޅުމުގެ ދަޢުވަތު:

ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް ނ. ފޮއްދޫ ލޯކަލް ޓޫރިޒަމް ޒޯން އިން 2 ބިން (A)  16,000 ( ސޯޅަހާސް އަކަފޫޓް ) އަދި (C) 10,000 ( ދިހަހާސް އަކަފޫޓް ) ގެ ބިން 50 ( ފަންސާސް ) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ މައުލޫމާތު:

 

ބިމުގެ ނަންބަރ

ސަރަހައްދުގެ ބޮޑުމިން ( އަކަފޫޓު )

ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގު ( ދިވެހި ރުފިޔާ )

ބިމު ކުލީގެ ގޮތުގައި ހުށައެޅޭނެ އެންމެ ދަށް  އަދަދު މަހަކަށް

ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް ( ދިވެހި ރުފިޔާ )

A

16،000

ކުއްޔަށް ނަގާ ފަރާތުން ބިން " A" ބިމުކުލީގެ ގޮތުގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12  

7401.60

88،819.20

C

10،000

ކުއްޔަށް ނަގާ ފަރާތުން ބިން "C " ގެ ބިމުކުލީގެ ގޮތަގައި މަހަކަށް ދެއްކުމަށް ހުށަހަޅާ އަދަދު x 12

4،626

55،512.00

 

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ، 11 ޑިސެމްބަރ 2023 އިން 25 ޑިސެމްބަރ 2023 ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ.  ފޯމް މެއިލް ކުރައްވާނަމަ [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 18 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ. މިބިއްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މި މީޓިން ގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެފަރާތެއްގެ ނަން ، އީމެއިލް އެޑްރެސް ، އަދި ފޯން ނަންބަރ ހިމެނޭހެން،[email protected]  އަށް 14 ޑިސެމްބަރ 2023 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލްކުރަންވާނެއެވެ.

ބީލަން ހުށައެޅުން

  • ބީލަން ބަލާގަތުމާއި ބީލާން ހުޅުވުން އޮންނާނީ 25 ޖަނަވަރީ 2023 ވާ ބުރާސްފަރި ދުވަހުގެ 13:00 ގައި މިއިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުނުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަމްތަކާއި ، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތްތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

              ވީމާ މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            27 ޖުމާދަލްއޫލާ 1445

             11 ޑިސެމްބަރ 2023

 

11 ޑިސެންބަރު 2023
ހޯދާ