މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ބިލްޑިންގ ކްލައިމެޓް ސޭފަރ އައިލެންޑް އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ފައިނޭންޝިއަލް އޮފިސަރއެއް ހޯދުމާއި ގުޅޭ

"ބިލްޑިންގ ކްލައިމެޓް ސޭފަރ އައިލެންޑް އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ފައިނޭންޝިއަލް އޮފިސަރއެއް ހޯދުމާއި ގުޅޭ

ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް، ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) ގެ އެހީގައި ކުރިއަށް ގެންދާ "ބިލްޑިންގ ކްލައިމެޓް ރެސިލިއަންޓް ސޭފަރ އައިލެންޑްސް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ފައިނޭންޝިއަލް އޮފިސަރއެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 25 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަގާމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން (އީއޯއައި) ތަޢުލީމީ ފެންވަރުގެ އެކްރެޑިޓެޑް ސެޓިފިކެޓްތަކާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ރިފެރެންސް ލެޓާރސް، ސަޕޯރޓިން ޑޮކިއުމަންޓްސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީ ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި  މިނިސްޓްރީގެ ވެބްސައިޓްhttp://www.environment.gov.mv/  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 20 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ބިލްޑިންގ ކްލައިމެޓް ސޭފަރ އައިލެންޑް އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ފައިނޭންޝިއަލް އޮފިސަރއެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018326، 3018300

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

11 ޑިސެންބަރު 2023
ހޯދާ