މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދައުވަތު (އިއުލާން 2) - މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މާރކެޓިންގ މަސައްކަތްކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

  މާލެ، ދިވެހިރާއްޖެ

 

އިއުލާން ނަމްބަރު: (IUL)475/475/2023/237   

އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހެޅުމުގެ ދައުވަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މާރކެޓިންގ މަސައްކަތްކޮށްދޭނެ ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ކުރި އިލުލާން ނަންބަރު (IUL)475/475/2023/172  އަށް ޝޯޓްލިސްޓްވި ފަރާތުގެ ހުށައެޅުން އަނބުރައި ގެންގޮސްފައިވާތީ އަލުން މި މަސައްކަތްކޮށްދޭނޭ ކޮންސަލްޓެންސީ ފާރމެއް ހޯދަން ބޭނުންވެއްޖެއެވެ.

ޓަރމްސް އޮފް ރެފަރަންސް:

މި ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދި މަސައްކަތުގެ މުއްދަތު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓާރމްސް އޮފް ރެފަރެންސް [email protected]  އަށް އީމެއިލް ކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އަށް ފޮނުވުން އެދެމެވެ.

މި މަސައްކަތުގެ މުއްދަތަކީ 3 މަސް ދުވަސް އަދި މަދުވެގެން 4 ތަޖުރިބާކާރުން ބޭނުންވާނެއެވެ.

މަސައްކަތަށް ޝޯޓް ލިސްޓް ކުރުމުގައި ބަލާނީ އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރެންސްގައި އަދި ސެލެކްޝަން ކްރައިޓީރިއާގައި ބަޔާންކޮށްފައިވާ ޝަރުތުތަކަށެވެ. ޝޯޓްލިސްޓް ކުރުމުގެ މަރްޙަލާގައި ހުށަހެޅޭ ތަޖުރިބާކާރުންގެ ފެންވަރު ވަޒަން ނުކުރާނެއެވެ.    

މިމަސައްކަތަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން، މަޞްލަޙަތު ފުށުއެރުމާގުޅޭ ގޮތުން ވޯލްޑް ބޭންކުގެ ސިޔާސަތު ބަޔާންކުރާ، 2016 ޖުލައިގައި ޝާޢިއުކޮށް، 2017 ނޮވެންބަރު އަދި އޯގަސްޓު 2018 ގައި އިޞްލާޙު ގެނެވިފައިވާ ޕްރޮކިޔުމަންޓް ޤަވާޢިދުގެ ތިންވަނަ ސެކްޝަންގެ 3.14، 3.16 އަދި 3.17 ވަނަ ޕެރެގްރާފްތަކަށް ސަމާލުކަން ދޭންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރުގެ އިތުރު ކުރުމަށްޓަކައި އިތުރު ބަޔަކާއި ބައިވެރިވެގެން ޝަޢުޤުވެރިކަން ފާޅުކުރުމަކަށް ހުރަހެއް ނެތެވެ. ނަމަވެސް، ބައިވެރިވެގެން ހުށަހަޅާނަމަ، އެއީ، ޖޮއިންޓްވެންޗަރ އެއްތޯ، ނުވަތަ ސަބް-ކޮންސަލްޓެންސީއެއް ކަން އެނގޭ ގޮތަށް ހުށަހަޅަންވާނެއެވެ. އަދި ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި ހުށަހަޅާ ފަރާތަކުން މަސައްތަށް ހޮވިއްޖެނަމަ، އެފަރާތްތައް، އެކުގައި އަދި ވަކިވަކީން، މުޅި މަސައްކަތުގެ އެއްބަސްވުމަށް ޒިންމާކުރެވޭނެއެވެ.

އެޕްލިކޭޝަން ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އީމެއިލަށް ނުވަތަ އެޑްރެހަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]   

ފޯން: /3026982/3026975

 

ނޯޓް:މި ކޮންސަލްޓަންސީ އަށް ކުންފުންޏެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ ކޮންސަލްޓަންޓް ކޮލިފިކޭޝަން ބޭސް ސެލެކްޝަން (ސީ.ކިޔު.އެސް) އުސޫލް "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ޕްރޮކިއުމަންޓް އިން އިންވެސްޓްމަންޓް ޕްރޮޖެކްޓް ފައިނޭންސިންގ: ގުޑްސް، ވޯކްސް، ނަން-ކޮންސަލްޓިންގ އެންޑް ކޮންސަލްޓިންގ ސާރވިސަސް، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

10 ޑިސެންބަރު 2023
ހޯދާ