ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގްރެޖުއޭޝަނަށް ކޭޓަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިއުލާން ނަންބަރު 128/MNU-CA-FNP/2015 ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، ކޭޓަރ ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 މާރިޗު 2015 ވާ (އަންގާރަ) ދުވަހުގެ 09:00 އަށް އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 މާރިޗު 2015 ވާ (އަންގާރަ) ދުވަހުގެ 15:00 އަށް އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

17 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ