މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަލަހިޔާ ޢިމާރާތް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ.

     ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް "ނަލަހިޔާ" އިމާރާތް ފޮޅައި ސާފުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)366/2023/36 ގެ އިޢުލާނާއިގުޅިގެން އެއްވެސް ފަރާތަކުން އެކަމަށް ކުރިމަތިލައްވާފައި ނުވާތީ އެ އިޢުލާނު ބާޠިލްކޮށް އަލުން އެމަސައްކަތަށް ކުރިމަތި ލުމުގެ ފުރުޞަތު ތިރީގައިވާ ގޮތުގެ މަތިން ހުޅުވާލަމެވެ.

     ވީމާ،ނަލަ ހިޔާ އިމާރާތް ފޮޅައި ސާފުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއިން ފޯރުކޮށްދިނުމުން މަހަކު -/750 ރުފިޔާ އާއި -/500 ރުފިޔާ އާއި ދެމެދުގެ އަގެއްގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން (ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ އަކާއިއެކު) އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

     މި އިޢުލާނާއިއެކު ނަލަހިޔާ ޢިމާރާތް ފޮޅާސާފުކުރުމުގެ މަސައްކަތާއިބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހެއް ޢާއްމު ކުރީމެވެ.  މަސައްކަތް ޙަވާލުކުރެވޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ.

 

                               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.        

10 ޑިސެންބަރު 2023
ހޯދާ