މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުން ކަރަންޓާއި ފެން ބޭނުންކުރުމުގެ އުސޫލް

 

 

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ

ނ.ހެނބަދޫ / ދިވެހިރާއްޖެ

ބަނދަރުން ކަރަންޓާއި ފެން ބޭނުންކުރުމުގެ އުސޫލް

ބަނދަރުން ހިލޭ ފެނާއި ކަރަންޓު ދޫކުރެވޭނެ ހާލަތްތައް

  1. ދަތުރުވެރިންނާއި މަސްވެރިން އުޅަނދު ފަހަރު ދޮވެ ސާފުކުރުމަށާއި މަސްވެރިން މަސްކެނޑުމަށާއި ބަނދަރުގައި ހިލޭސާބަހަށް ހިންގާ އެކިއެކި މަޝްރޫއުތަކަށާއި އެކިއެކި ހަރަކާތްތަކަށް ހިލޭ ކަރަންޓާއި ފެން  ދޫކުރެވޭނެއެވެ. މީގެތެރޭގައި ބޮޑެތި މުދާ އުފުލާ އޮޑިފަހަރު ނުހިމެނޭނެއެވެ.

ބަނދަރު މީޓަރު ބޭނުން ކުރުމުން ރުފިޔާ ނެގޭނެ ހާލަތްތައް

  1.  ރަށުންބޭރު އުޅަނދުފަހަރަށް ކަރަންޓު ދޫކުރާނަމަ ގަޑިޔަކު 10 ރުފިޔާ ނެގޭނެއެވެ. ގަޑިއިރު ހަމަނުވިޔަސް މިރޭޓުން ރުފިޔާނެގޭނެއެވެ.
  2.  ދަތުރުވެރިންގެ ޒަރޫރީ ބޭނުންތަކަށް 40 ލީޓަރަށް ވުރެ އިތުރު ވާނަމަ ފެން ލީޓަރަކަށް 10 ލާރި ނެގޭނެއެވެ. ސީދާ ލީޓަރުގެ އަދަދު ނޭންގޭނަމަ އަންދާޒާކުރެވޭ ލީޓަރުގެ އަދަދަށް ރުފިޔާނެގޭނެއެވެ.
  3.  ބަނދަރުން ހިލޭ ފެނާއި ކަރަންޓު ދޫކުރެވޭނެ ހާލަތްތައް ފިޔަވާ ރަށުގެ އާންމު ފަރުދުން ގެދޮރު އިމާރާތްކުރުމަށް ނުވަތަ އެނޫންބޭނުންތަކަށް ފެން ބޭނުންކުރާނަމަ 40 ލީޓަރަށްވުރެ އިތުރުވާ ކޮންމެ ލީޓަރަކަށް 5ލާރި ނެގޭނެއެވެ.  ސީދާ ލީޓަރުގެ އަދަދު ނޭންގޭނަމަ އަންދާޒާކުރެވޭ ލީޓަރުގެ އަދަދަށް ރުފިޔާނެގޭނެއެވެ. 
  4.  ބަނދަރުން ހިލޭފެނާއި ކަރަންޓު ދޫކުރެވޭނެ ހާލަތްތައް ފިޔަވާ އަމިއްލަ ބޭނުމަކު ބަނދަރުން ކަރަންޓު ބޭނުންކުރާނަމަ ގަޑިޔަކު 10 ރުފިޔާ ނެގޭނެއެވެ.

މިއުސޫލުގައި ގަޑިއިރު ބަލާނެގޮތުގެ މިސާލު

  1.  އެއްގަޑިއިރު ހަމަނުވިނަމަވެސް ކަރަންޓު ބޭނުން ކުރިނަމަ އެއްގަޑިއިރުކަމަށްބަލައި 10 ރުފިޔާނެގޭނެއެވެ.
  2. އެއްގަޑިއިރުހަމަވެ ދެގަޑިއިރު ހަމަނުވިނަމަވެސް ދެގަޑިއިރުކަމަށްބަލާ 20 ރުފިޔާ ނެގޭނެއެވެ.
  3. ދެގަޑިއިރުހަމަވެ ތިން ގަޑިއިރު ހަމަ ނުވިނަމަވެސް ތިންގަޑިއިރުކަމަށްބަލާ 30 ރުފިޔާ ނެގޭނެއެވެ.

މިއުސޫލަށް އަމަލުކުރަންފަށާނީ 10 ޑިސެންބަރ 2023 އިން ފެށިގެންނެވެ.

 

10 ޑިސެންބަރު 2023
ހޯދާ