މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މުސާރައިގެ އޮނިގަނޑާއިގުޅޭ ކޮންސަލްޓެންސީ ޙިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މުސާރައިގެ އޮނިގަނޑާއިގުޅޭ ކޮންސަލްޓެންސީ ޚިދުމަތްދޭނެފަރާތެއް ހޯދުމާއި ބެހޭ

    މި ކުންފުނީގެ މުސާރައިގެ އޮނިގަނޑާއި ގުޅޭ "ކޮންސަލްޓެންސީ"ގެ ޚިދުމަތް ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

   މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޑިސެންބަރު 17 ވާ އާދިއްތަދުވަހުގެ ހެނދުނު 10:30 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިންމިބީލަމަށްޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

  "ޓެންޑަރ ޕޯޓަލް" ތެރެއިންބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޑިސެންބަރު 25 ވާ ހޯމަދުވަހުގެ ހެނދުނު  10:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޑިސެންބަރު 25 ވާ ހޯމަދުވަހުގެ ހެނދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

  ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

 

 

 

 

 

 

 

 

07 ޑިސެންބަރު 2023
ހޯދާ