މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާނު

މަޤާމު:

މަސައްކަތު (ވޭސްޓް މެނޭޖްމަންޓް)

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ. މާއުނގޫދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރު

މަސައްކަތު ގަޑި:

ދުވާހަލު 8 ގަޑިއިރު

ހެނދުނު 8:00 އިން ހަވީރު 16:00 އަށް (މެންދުރު ކެއުމަށް 2 ގަޑިއިރުގެ ހުސްވަގުތު ދެވޭނެ)

މުސާރައާއި އެލަވަންސް:

އަސާސީ މުސާރަ: މަހަކު 5,000/- ރުފިޔާ

އިތުރު ގަޑީގެ އެލަވަންސް: މަހަކު 500/- ރުފިޔާ

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއިއެކު، ފުރިހަމަ ޞިއްޙަތެއްގައި ހުރި، ބުރަ މަސައްކަތް ކުރެވޭ އަދި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭ ފަރާތެއް ކަމުގައިވުން.

ނޯޓު: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން،   ނުވަތަ
  • ލިޔަން ކިޔަން އެނގޭކަން ބާޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން،   ނުވަތަ
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދުނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  3. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނަގައިގެން ކުނިކޮއްޓަށް ގެންގޮސް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް ކުނިނައްތާލުމުގެ މަސައްކަތް ކުރުން.
  4. ކޮންމެ ދުވަހަކުވެސް ކުނިނެގުމަށް ހަމަޖެހިފައިވާ އުޞޫލުން ކުނިނަގައި ނިމުމަށް ފަހު ކުނިއުފުލުމުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލް އަދި އެހެނިހެން ސާމާނު ދޮވެ ސާފުކުރުމާއި، މަސައްކަތަށް ބޭނުންކުރި ސާމާނު ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން.
  5. ކުނިނެގުމަށް ކަނޑައެޅިފައިވާ ގަޑިތަކުގައި ގޭގެއިންނާއި، ރަށުތެރެއިން ކުނިނެގުމުގައި ވީހާވެސް މީހުންގެ ތަކެއްޗަށާއި ތަންތަނަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކުނިނެގުމަށް ސަމާލުކަން ދިނުމާއި، ކުނިއުފުލާ ވެހިކަލަށް އަރަންޖެހޭ އަދަދަށްވުރެ އިތުރަށް މީހުން ނޭރުމާއި، ވެހިކަލާއި ތަކެއްޗަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ނުކުރުން.
  6. ވޭސްޓުމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ކުނިކަހައި ގަސްއުފުރާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ބައިވެރިވެ އެމަސައްކަތް ކުރުން.
  7. ވޭސްޓުމެނޭޖްމަންޓު ސެންޓަރުގައި މަސައްކަތްކުރަން ބޭނުންކުރާ ވެހިކަލް އަދި މެޝިނަރީސް ފަދަ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. އިޖުތިމާޢީ ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިންތައް ފުރުނަނުދީ ބަލަހައްޓާ ގަވާއިދުން ސާފްކޮށް ބަލަހައްޓަމުން ގެންދިއުން.
  9. ކައުންސިލުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި މިފަދަ ކަންކަމުގައި ކައުންސިލަށް އެއްބާރުލުންދިނުން.
  10. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ރަށުތެރޭގައި އުފެދޭ ކުނި ނައްތާލުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. ރަށުގެ ތަރައްޤީއަށް އަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެ އަމަލީގޮތުން ބައިވެރިވުން
  12. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
  3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  4. އިންޓަވިއު

 

 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ށ. މާއުނގޫދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  3. މަޤާމަށް އެދޭ ފަރާތުގެ ވަނަވަރު.
  4. ތަޖުރިބާގެ ލިޔުންތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ޑިސެމްބަރު 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ށ. މާއުނގޫދޫ ކައުންސިލްގެ އިދާރާއަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ޑިސެމްބަރު 18 އާއި 21 އާ ދެމެދު، މާއުނގޫދޫ ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540056 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

23 ޖުމާދަލްއޫލާ 1445

07 ޑިސެންބަރު 2023

07 ޑިސެންބަރު 2023
ހޯދާ