މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ދާއިމީ ލިސްޓް

20 ފެބްރުއަރީ 2023 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން 288 ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވުނު މުއްދަތުގައި ހުށަހެޅުނު ޝަކުވާތަކަށާއި، ކަމާއިބެހޭ ފަރާތްތަކުން ހޯދުނު މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރަމެވެ.

         އަދި ގޯތި ދޫކުރުމުގެ އުޞޫލުގެ 4 އަދި 5 ވަނަ މާއްދާގައިވާ ގޮތުގެމަތީން މިބުރުގައި ގޯތި ލިބޭނެ ފަރާތްތަކުގެ ލިސްޓްވެސް މިއިޢުލާނާއިއެކު އެވަނީއެވެ. އަދި ގޯތިދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެމަތީން ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން   288 ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށް ޤުރުޢަތުލާންޖެހޭ ފަރާތްތަކުގެ މެދުގައި ޤުރުއަތުލުން މިކައުންސިލުން ކުރިއަށް ގެންދެވޭނެއެވެ.  

         އަދި ދަންނަވަމެވެ. މިބުރުގައި ގޯތި ހައްޤުވާމިންވަރަށް ދާއިމީލިސްޓުން ޕޮއިންޓްލިބިފައި ތިބި ދެމަފިރިންގެތެރެއިން ޕޮއިންޓް އެއްވަރުވެގެން ލިސްޓުގައި ހިމެނިފައިވާ ފަރާތްތައް ފިޔަވާ،  އެހެން ދެމަފިރިން ބޭނުންވާނަމަ ލިއުމަކުން އެދެފަރާތުން ހުށަހަޅުއްވައިފިނަމަ ގޯތިދިނުމުގައި ކައުންސިލުން އެކަމަށް ރިޢާޔަތް ކޮށްދޭނެވާހަކަވެސް ދެންނެވީމެވެ.    

07 ޑިސެންބަރު 2023
ހޯދާ