މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭންޑް-ސްޓިލް މުއްދަތު އާންމުކުރުން

 ކ.ދިއްފުށީ ރަށްވެހިގެ މަރާމާތުގެ މަސައްކަތް ހަވާލުކުރާ ފަރާތް އާންމުކުރުން

މާލެއަތޮޅު ދިއްފުށި ކައުންސިލް އިދާރާގެ ދަށުން ބަހައްޓަމުން ގެންދާ ދިއްފުށީ ރަށްވެހިގެ މަރާމާތު ކުރުމަށް ދެފަހަރެއްގެ މަތިން އިޢުލާން ކުރެވި އަދި ޝަރުތުހަމަވާ ބިޑެއް ލިބިފައިނުވާތީ، މާލިއްޔަތު ގަވާއިދު (ގަވާއިދު ނަންބަރ 2023/R-158) ގެ 10.26 ވަނަ މާއްދާ - އާންމުކޮށް ބީލަމަށް ހުޅުވާލުން މި މާއްދާގެ (ނ) "އާންމުކޮށް އިއުލާނުކޮށްގެން ކުރިޔަށްގެންދާ ބީލަންތަކުގައި، އެންމެ ފުރަތަމަ ކުރާ އިއުލާނާ ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރޭގައި އެ ބީލަމަކަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ބިޑެއް ނެތްނަމަ، ނުވަތަ އެއްވެސް ފަރާތަކުން ބިޑު ހުށަހަޅައިފައި ނުވާނަމަ، ދެވަނަ ފަހަރަށް އިއުލާނު ކުރަން ވާނެއެވެ. މިގޮތުން، ދެވަނަ ފަހަރަށް އިއުލާނު ކުރުމުންވެސް، އެ ބީލަމަކަށް ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާ ބިޑެއް ނެތްނަމަ، ނުވަތަ އެއްވެސް ފަރާތަކުން ބިޑު ހުށަހަޅައިފައި ނުވާނަމަ، އެ ކަމަށް ޝަރުތުހަމަވާނޭ ގާބިލު ފަރާތަކާ ނުވަތަ ފަރާތްތަކަކާ ވާހަކަދައްކައިގެން އެކަށީގެންވާ އަގެއްގައި، މި ގަވާއިދުގެ ދަށުން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމަށްފަހު، އެ ކަމެއް ހަވާލުކުރެވިދާނެއެވެ." މި މާއްދާގެ ދަށުން ރޫފް ޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި މަޝްވަރާކޮށް ހަވާލުކުރުމުގެ އެންމެހާ މަސައްކަތްކުރުމަށް ދިއްފުށީ ކައުންސިލްގެ 4 ވަނަ ދައުރުގެ 150 ވަނަ ބައްދަލުވުން ނިންމަވާފައިވާތީ ދިއްފުށީ ރަށްވެހިގެ މަރާމާތު ކުރުމުގެ މަސައްކަތް ރޫފް ޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

މި އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް-ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް-ސްޓިލް މުއްދަތު ތެރޭގައި،

  • ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
  • މި ބީލަން، އެހެން ފަރާތަކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

 1.     ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ރޫފް ޓޮޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް (C10602022)

ހުށަހަޅާފައިވާ އަގު:-

685،000.00ރ (ހަލައްކަ އައްޑިހަ ފަސްހާސް ރުފިޔާ)

މުއްދަތު

90 ދުވަސް

  

 

   ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 14 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 އެވެ. މި ތާރީޚްގައި ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، ހުށަހަޅަންވާނެއެވެ.

 

 

 

 

 

އީ.މެއިލް :  [email protected]

ފޯން ނަންބަރު :- 6640071

 07 ޑިސެމްބަރ 2023

 

07 ޑިސެންބަރު 2023
ހޯދާ