މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނޫމަރާއިން ދަނޑުބިމަށް އެދުމަށް ހުޅުވާލުން(.)

އެހެން އަހަރުތަކެކޭ އެއްފަދައިން، މިއަހަރުވެސް ރަމަޟާން މަހާއިދިމާކޮށް ދަނޑުބިންބޭނުންކުރުމަށް ހުޅުވާލުމަށްވަނީ ނިންމާފައެވެ. ނަމަވެސް މިހާރަކަށް އައިސް ދަނޑުބިމުގެ ގޮތުގައި ދޫކުރެވިފައިވާ ސަރަހައްދުގައި ބޭނުންނުކުރާ ބިންތައް ސާފުނުކުރެވި ހުންނަކަންވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، މިހާރު ދަނޑުބިން ދޫކުރެވިފައިވާ ގޭބީސީތަކުގެ ތެރެއިން، އެބިންތަކުގައި ދަނޑުގޮވާންކުރުމަށް ބޭނުންވާ ފަރާތްތަކުން، 14 ޑިސެމްބަރ 2023 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ލިޔުމުން އެކަން ޙިއްޞާކުރެއްވުމަށް ދަންނަވަމެވެ. އަދި މިހާތަނަށް ދަނޑުބިންލިބިފައިނުވާ ގޭބީސީ ތަކުގެ ތެރެއިން ބިންބޭނުންވާފަރާތްތަކުން، މިމުއްދަތުގައި ބިމަށްއެދި ލިޔުމުން ހުށަހެޅުއްވުމަށްވެސް ދަންނަވަމެވެ.

މިމުއްދަތުގެތެރޭގައި ކުރިންދޫކުރެވިފައިވާ ދަނޑުބިން ބޭނުންކުރުމަށް ގަސްތުކުރާކަން ހިއްސާނުކުރައްވާ ފަރާތްތަކުގެ ބިންތައް ދޫކޮށްލީކަމަށް ބަލާ، އެބިންތައް އެހެން ފަރާތްތަކަށް ދޫކުރެވޭނޭ ކަމުގައިވެސް ދަންނަވަމެވެ.

                  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 ޑިސެންބަރު 2023
ހޯދާ