ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ލ. ފޮނަދޫގައިވާ ވޭން ރަޖިސްޓްރީ ނަންބަރު: B1A4046 ނީލަމުގައި ވިއްކާލުމުގެ ނޯޓިސް

ތިރީގައި ބަޔާންކުރެވިފައިވާ މިބޭންކުގެ އުޅަނދު، އޭގައި ހިމެނޭ އެންމެހާ އާލާތްތަކާއެކު އާންމުކޮށް ހުޅުވާލައިގެން ނީލަމުގެ އުސޫލުން ވިއްކާލުމުގެ ކަންކަން 07 ޑިސެމްބަރ 2023 އިން ފެށިގެން 12 ޑިސެމްބަރ 2023 އާ ދެމެދު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

  1. 1.       އުޅަނދުގެ ތަފްޞީލް:

ބާވަތް:                 ވޭން

ރަޖިސްޓްރީ ނަންބަރު:        B1A4046

އިތުރު ތަފްޞީލް:         ބްރޭންޑް: ޓޮޔޯޓާ | އިންޖީނު ކެޕޭސިޓީ: 2,184 cc | އުފުލޭމީހުން ގެ އަދަދު: 6 | ހަކަތައިގެ ބާވަތް: PETROL

ވެރިފަރާތް:              ބޭންކް އޮފް މޯލްޑިވްސް ޕލކ

ރަޖިސްޓްރީ ކުރި ތާރީޚް:     28 ފެބްރުއަރީ 2006

ހާލަތު:                އުޅަނދު އޮތީ ދުއްވޭ ހާލަތުގައި

                   

  1. 2.       ނީލަމުގެތަފްސީލް:

ފެށޭ އަގު:                      50,000.00ރ. (ފަންސާސްހާސް ރުފިޔާ)

މަދުވެގެން އިތުރުކުރެވޭނެ އަގު:        5,000.00ރ. (ފަސްހާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚް:             12 ޑިސެންބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 02:00 އަށް

 

މިނީލަމުގައި ހިމެނޭ އުޅަނދު ގަތުމަށް އަގު ހުށަހަޅާނީ މިހާރު އެ އުޅަނދު އޮތް ތަނުގައި އަދި އޮތް ހާލަތުގައި ގަތުމަށެވެ. މަތީގައި ބަޔާންކުރެވިފައިވާ އުޅަނދު މިހާރުއޮތީ ލ. ފޮނަދޫ ގައެވެ. އުޅަނދު ބައްލަވަން ބޭނުންވާ ފަރާތްތަކުން މި ބޭންކުން ކަނޑައަޅާ ގަޑިތަކެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފޮނަދޫ ބްރާންޗައް ހާޟިރުވެ، އުޅަނދު ބެލުމުގެ ފުރުޞަތު ހަމަޖައްސައި ދެވޭނެއެވެ.

ނީލަން ކުރިއަށް ގެންދާނީ އޮންލައިންކޮށް އައިބޭ މެދުވެރިކޮށެވެ. ނީލަން ނިންމާލެވޭނީ ވެބްސައިޓުގައި ނީލަން ނިންމާލުމަށް ކަނޑައަޅައިފައިވާ ވަގުތު ހަމަވުމުންނެވެ. ނީލަން ނިންމާލުމަށް 1 (އެކެއް) މިނެޓަށް ވެފައިވަނިކޮށް އަގު ހުށަހަޅާފައިވާނަމަ އެންމެފަހުން އަގުހުށަހެޅި ވަގުތުންފެށިގެން 1 (އެކެއް) މިނެޓު އިތުރަށް ދެވޭނެއެވެ. މިހާލަތުގައި ނީލަން ނިމޭނީ އެއް މިނެޓު ތެރޭގައި އެއްވެސް އިތުރު އަގެއް ހުހަޅުއްވައިފައި ނުވާނަމައެވެ.

  1. 3.       އަގުހުށަހެޅުން:

އަގުހުށަހަޅާ ތަން:        ނީލަމުގައި ބައިވެރިވުމަށް އަގު ހުށަހަޅޭނީ އައިބޭ ވެބްސައިޓް މެދުވެރިކޮށް އައިބޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި އިޢުލާނުން ނީލަންކިޔޭ ތަކެތި ފެންނަންހުންނާނީ އައިބޭގައި ހުންނަ ބޭންކުގެ ސްޓޯފްރަންޓް (https://stores.ibay.com.mv/RecyclingBML) މެދުވެރިކޮށެވެ.

ހުށަހަޅަންޖެހޭ ގޮތް:       އަގުހުށަހެޅުމަށް ނީލަންކިޔޭ ތަކެތީގެ ވެބް ޕޭޖްއަށް ސްޓޯފްރޮންޓް މެދުވެރިކޮށް ވަނުމަށްފަހު އަގު ޖެއްސުމަށްފަހު، ޕްލޭސް ބިޑް ބަޓަން އަށް ފިތާލުމަށްފަހު، އޯކޭ ބަޓަން އަށް ފިތާލާނީއެވެ. ނީލަން ކިއުން ކުރިއަށް ގެންދާނެ ގޮތް ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.

 

  1. 4.       ނީލަންނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހެޅިފަރާތުން ތިރީގައިވާ މަޢުލޫމާތު މިބޭންކުގެ އިންވެންޓްރީ ޔުނިޓް (އީމެއިލް: "[email protected]") އީމެއިލް މެދުވެރިކޮށް މުއާމަލާތުކުރަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:     - އައިބޭގެ ޔޫސަރނޭމް، ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) އީމެއިލް ގައި ސާފުކޮށް ބަޔާންކުރައްވާފައިވާ

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓް ކޮޕީ)

ކުންފުންޏެއްނަމަ:        - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ، އައިބޭގެ ޔޫސަރނޭމް، ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) އީމެއިލް ގައި ސާފުކޮށް ބަޔާންކުރައްވާފައިވާ

- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލްސް އޮފް އެސޯސިއޭޝަން

 

ނީލަން ނިމުމަށްފަހު، މިބޭންކަށް ހުށަހަޅާފައިވާ މަތީގައިވާ މަޢުލޫމާތު ވެރިފައިކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް މިބޭންކުން މުއާމަލާތްކުރާނެއެވެ. އަދި، އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަންވާނެއެވެ. މިފައިސާ ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ފައިސާ ދެއްކުމަށްފަހު މިބޭންކުން ކަނޑައަޅައި މުއްދަތެއްގެ ތެރޭގައި މި ނީލަމުގައި ވިއްކޭ ތަކެއްޗާއި ހަވާލުވެ ގަތްފަރާތުގެ ބެލުމުގެ ދަށަށް ގެންދަންވާނެއެވެ. މި ނީލަމުގައި ވިއްކޭ ތަކެއްޗާއި ހަވާލުވާނީ ތަކެތި ގަންނަފަރާތުން ބޭންކް އޮފް މޯލްޑިވްސް ގެ ފޮނަދޫ ބްރާންޗަށް ހާޟިރުވެއެވެ. ފައިސާ ދެއްކުމަށްފަހު އުޅަނދުގެ ރަޖިސްޓްރީ ގަތްފަރާތުގެ ނަން މައްޗައް ބަދަލުކުރަން 2 (ދޭއް) މަސްދުވަހުގެ މުއްދަތެއްދެވި މި މުއްދަތުގެ ފަހުން ރަޖިސްޓްރީ ބާތިލް ކުރެވޭނެއެވެ.

ނީލަމުގެ ހުރިހާ މަރުހަލާއެއްގައިވެސް ނީލަން ބާތިލްކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ އިންވެންޓްރީ މެނޭޖަރ (ފޯން ނަންބަރު: 7356558+960 ) ނުވަތަ  އިންވެންޓްރީ ޔުނިޓް (އީމެއިލް: "[email protected]") އީމެއިލް މެދުވެރިކޮށް މުއާމަލާތުކުރެއްވުން އެދެމެވެ.

 

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.

07 ޑިސެމްބަރ 2023

07 ޑިސެންބަރު 2023
ހޯދާ