ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑީން (ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް)

މަޤާމް :ޑީން (ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް)
ބޭނުންވާ އަދަދު :1

މަޤާމު:

ޑީން

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

މަޤާމުގެ ރޭންކް:

10

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު 21,123 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު 12,097 ރުފިޔާ

ހާޒިރީ އިނާޔަތް:

327 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެންރޯލްމަންޓް އެލަވަންސް

3000 ރުފިޔާ – 6000 ރުފިޔާ (ދަރިވަރުންގެ އެންރޯލްމަންޓް އަދަދަށް ބަލައި)

ވަޒީފާގެ ބާވަތް:

މުއްދަތު ކަނޑައެޅިފައިވާ ކޮންޓްރެކްޓް (މި މަޤާމަށް ޔުނިވަރސިޓީގެ މުވައްޒަފަކު ހޮވިއްޖެނަމަ ޢައްޔަނުކުރާނީ ޓެނުއަޝިޕް މަޤާމެއްގޮތުގައެވެ)

ވަޒީފާގެ މުއްދަތު:

ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

އިނާޔަޔްތައް:

ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޔުނިވަރސިޓީ އިން ކަނޑައަޅާފައިވާ ޝަރުތުތަކާއި އެއްގޮތަށް)

ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)

ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް

ސްޓާފް ޖިމް ފެސިލިޓީ

ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް

ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، މެނޭޖްމަންޓް

ތަޢުލީމީ ރޮނގުތައް: ބިޒްނަސް މެނޭޖްމަންޓް، ޓްރެވަލް އެންޑް ޓުއަރިޒަމް، ޓުއަރިޒަމް ޑިވެލޮޕްމަންޓް، ޓްރެވަލް، ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް: ޓްރެވަލް އެންޑް ޓުއަރިޒަމް، ޓުއަރިޒަމް ޑިވެލޮޕްމަންޓް، ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް

ކޯ ޑިސިޕްލިންތައް: ޓްރެވަލް އެންޑް ޓުއަރިޒަމް، ޓުއަރިޒަމް ޑިވެލޮޕްމަންޓް، ޓުއަރިޒަމް އަދި ހޮސްޕިޓާލިޓީ މެނޭޖްމަންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ލީޑަރޝިޕާއި އިދާރީހިންގުން

1.  ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންއާއި އެއްގޮތްވާ ގޮތުގެ މަތިން، ފެކަލްޓީގެ މަޤްޞަދު ހާޞިލްކުރެވޭނެ އެކްޝަން ޕްލޭންއާއި ބިޒްނަސް ޕްލޭން، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު އެކުލަވައިލުމާއި މުރާޖަޢާކޮށް އަދާހަމަކުރުމާއި ފެކަލްޓީގެ މަސައްކަތްތައް އެފަދައިން ރާވާ ހިންގުން
2. ފެކަލްޓީގެ މެންޑޭޓާއި، އެކްޝަން ޕްލޭން އަދި ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލްކޮށް ނަތީޖާ ނެރެވޭނެފަދައިން ފެކަލްޓީގެ މަސައްކަތްތައް ބައްޓަންކުރުމާއި، ކަމާގުޅޭ އެންމެހާ ފަރާތްތަކެއްގެ ޙިއްޞާއާއެކު ފެކަލްޓީގެ ހިންގުން ހަރުދަނާކުރުމަށް މަސައްކަތްކުރުމާއި އެފަދައިން ކަންކަން ރަވާ ހިންގުން.
3. ތަން ހިންގުމާއި މައްސަލަތައް ޙައްލުކުރުމަށް އިސްވެ ޙަރަކާތްތެރިވުމާއި، އިންސްޕަޔަރިންގ ލީޑަރޝިޕެއް ދިނުމާއި، އެކި ކަންކަމާ ގުޅިގެން ޖަލްސާތައް ބާއްވާ ކަންކަމާމެދު ގޮތްތައް ނިންމުން

4. މަސްއޫލިއްޔަތު އުފުލުމާއި ގަވާއިދުތަކަށާއި ވާޖިބުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ ސަގާފަތެއް ތަނުގައި އަށަގަންނަވައި ސިޔާސަތުތަކަށާއި އުޞޫލްތަކަށް އަމަލުކުރުމުގައި ނަމޫނާ ދެއްކުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
5. އިދާރީ އޮނިގަނޑެއްގެ ތެރެއިން ފެކަލްޓީގެ ދުވަހީ މަސައްކަތްތައް ރާވާ ހިންގުމާއި އަދި ކަނޑައެޅިފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ކަންކަން ހިގާކަން ކަށަވަރުކުރުން
6. ސަރުކާރާއި މަރުކަޒީ އިދާރާއިން އަދި ޔުނިވަރސިޓީގެ އެހެނިހެން މަރުކަޒުތަކުންނާއި އަމިއްލަ ފަރާތްތަކުން އެދޭ ރިޕޯޓްތައް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސުންގަޑިއަށް ތައްޔާރުކުރުވާ ފޯރުކޮށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުން
7 .ތަނުގެ މަސައްކަތް ވިލަރެސްކުރުމާއި ޕްރޮގްރާމްތައް މޮނިޓަރކޮށް ބެލެހެއްޓުން
8 .މުވައްޒަފުންގެ މަސައްކަތް ރާވާ ހިންގުމާއި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
9 .ޔުނިވަރސިޓީގެ ސިޔާސަތުތައް އެކުލަވާލުމާއި އިސްލާޙްކުރުމަށް ކުރެވޭ މަސައްކަތުގައި ޔުނިވަރސިޓީ/މަރުކަޒުތަކާއި ގުޅިގެން މަސައްކަތްކުރުމާއި އެފެކަލްޓީއަކަށް ޙާއްސަ ސިޔާސަތުތައް ހަރުދަނާކުރުމަށް މަސައްކަތްކުރުން.
10 .ތަނުގެ އެންމެހާ ކަންކަން އޮބްޖެކްޓިވްކޮށް އަދި ހެއްކަށް ބިނާކޮށް (އެވިޑަންސް ބޭސްޑް) ރިވިއުކުރުމާއި ގެންނަންޖެހޭ އިސްލާޙީ ބަދަލުތައް ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގެނައުން
11. ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ޤާއިމު ކޮށްފައިވާ ފެކަލްޓީ/ސެންޓަރު ތަކުގެ އަހަރީ އޮޑިޓްތަކާއި އަދި މެނޭޖްމެންޓް ރިވިއުތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަ ކުރޭވޭތޯ ކަށަވަރުކުރުން
12 ފެކްލަޓީގެ ރިސަރޗް މަސައްކަތް ފުޅާކޮށް ތަރައްގީކުރުމަށް މަސައްކަތްކުރުމާއި ދާއިރާ އާ ގުޅޭ ދިރާސާތައް ކުރުމަށް ޕްލޭންއެއް އެކުލަވާލާ، އަހަރީ ލަނޑުދަނޑިތައް ކަނޑައަޅާ، ދިރާސާކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި ބައިވެރިވުން.
13 ތަނުގެ މުވައްޒަފުންލެއްވުމާއި، މުވައްޒަފުން ކުރިއެރުވުމަށާއި، އެއްބައިވަންތަކަން އަދި ޓީމް ރޫޙު އާލާކޮށް އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

މުޢާމަލާތާއި ގުޅުންތައް

1. ތަނުގެ އެންމެހާ މުވައްޒަފުންނާއި ޔުނިވަރސިޓީގެ އިސް ފަރާތްތަކާއެކު ހަރުދަނާ ގުޅުމެއް ޤާއިމުކުރުން
2. ތަނުގައި އުޅޭ ދަރިވަރުން ކޯސްތަކުގައި ކުރިއަށް ދިއުމަށް އެހީތެރިވުމާއި ދަރިވަރުންނަށް ދިމާވާ މައްސަލަތަކުގައި އަޅާލުންތެރިކަން ދިނުން. (މައްސަލަތައް ހައްލުކޮށްދިނުމުގައި އިސްނެގުން)
3. ތަނުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފަހިކުރެވިދާނެ ފަރާތްތަކާ ހަރުދަނާ ޕްރޮފެޝަނަލް ގުޅުމެއް އުފައްދާ އެފަދަ ގުޅުންތައް ދެމެހެއްޓުން

ތަޢުލީމީ ޙަރަކާތްތައް
1. އައު އެކެޑެމިކް ޕްރޮގްރާމްތަކާއި އައު ޙަރަކާތްތައް ފެށުމަށާއި ހިންގަމުންދާ ކޯސްތައް އަދާހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
2. ވަޒީފާގެ ބާޒާރަށާއި ޤައުމީ ކުރިއެރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ކޯސްތައް ކަމާބެހޭ ފަރާތްތަކާ / ސްޓޭކްހޯލަޑަރުންނާއެކު މަޝްވަރާކޮށް އުފައްދައި ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރުން.
3. ކޯސްތައް ފަރުމާކުރުމުގައި އިންޓަރ-ފެކަލްޓީ/ޑިޕާޓްމަންޓްތަކާ ގުޅިގެން ހިންގޭނެ ކޯސްތައް ދެނެގަތުމާއި އެފަދަ ކޯސްތައް އެކުލަވައިލުމުގައާއި ހިންގުމުގައި އެފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
4. ހުއްޓާލަންޖެހޭ/އުވާލަންޖެހޭ ކޯސްތައް ދެނެގަނެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަންކުރުން.
5. ކެންޕަސްތަކުގައި ހިންގާ / ހިންގިދާނޭ ގުޅުންހުރި ކޯސްތައް ދެނެގަނެ، ކެމްޕަސް މެނޭޖަރާ އެއްކޮށް މަޝްވަރާކުރެވި އެކޯސްތައް ހިންގުމަށް ކުރަންޖެހޭ ކަންކަން އިންތިޒާމް ކުރުން
6. ޔުނިވަރސިޓީ އަދި ފެކަލްޓީތަކުގައި ޤާއިމްކުރެވޭ ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ގެ އުސޫލްތައް ދެމެހެއްޓުމުގައި އިސްނެގުމާއި އަމަލީ ގޮތުން ބައިވެރިވުން.
7. ފެކަލްޓީގައި ހިންގާ ކޯސްތަކުން ފާހަގަކުރެވޭ އިތުރުއެހީއަށް ބޭނުންވާ ދަރިވަރުންނަށް މަގުދައްކައިދިނުމާއި ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އެހީތެރިކަން ލިބޭކަން ކަށަވަރުކުރުން.
8. މާއްދާތައް ކިޔަވާދޭނޭ ޕާޓް-ޓައިމް ދާރިސުންނާއި އުނގަންނައިދިނުމުގެ އެކިއެކި ޙަރަކާތްތައް ހިންގުމަށް މީހުން ހޯދުމުގެ މަސައްކަތް ވިލަރެސްކުރުން.
9. ދަރިވަރުންގެ ރެކޯޑުތަކާއި އަދި ފެކަލްޓީގައި ބަލަހައްޓަންޖެހޭ އެހެނިހެން ރެކޯޑްތައް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ބެލެހެއްޓޭކަން ކަށަވަރުކުރުން
10. ކޯސް ޑިޒައިން މަސައްކަތްތަކާއި ގުޅިގެން ބޭނުންވާ ސޮފްޓްވެއަރތަކާއި، ބޭނުންވާނެ އިކުއިޕްމަންޓް، އަދި އެނޫންވެސް އުނގެންނައިދިނުމަށް ބޭނުންކުރަންޖެހޭ ވަޞީލަތްތައް ދިރާސާކޮށް، ހޯދައި ރެކޮމެންޑްކުރުމުގައި ބައިވެރިވެ، ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
11. އުނގެނުމާއި އުނގަންނައިދިނުން ޒަމާނީ އުސޫލްތަކަށް ބަދަލުކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީ ދެނެގަނެ ތަޢާރަފްކުރުމާއި ދަރިވަރުން ބައިވެރިކޮށްގެން އުގަންނައި ދިނުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އިސްނަގާ ހަރަކާތްތެރިވުން.
* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަޤާމުގެ ނަން، މަސްއޫލިއްޔަތު، ވަޒީފާ އަދާކުރި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީ ނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 2023 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2023-FHTS-240

އިންޓަވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން، އޮންނާނީ - 2023 ޑިސެންބަރު 28 އާ 2023 ޖަނަވަރީ 25 އާ ދެމެދުއެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ސަމާލުކަމަށް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުއްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
07 ޑިސެންބަރު 2023
ހޯދާ