ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ބަނދަރުން 2 ޢިމާރާތް ކުއްޔަށް ދޫކުރުން

ހއ ދިއްދޫ ބަނދަރު ސަރަހައްދުގައި ހުރި 2 ޢިމާރާތެއް  15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.

1.  ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތަފްޞީލު

 

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ޢިމާރާތުގެ ނަން

ޖުމްލަ އަކަފޫޓް

ވައިލެޓް 12

1028

ވައިލެޓް 14

1028

  

 2.   ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް

 (ހ)  މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ  "ހއ ދިއްދޫގައި ހުރި ރައްޔިތުންގެ އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2023" އާ އެއްގޮތަށެވެ.

(ށ)   މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތްތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 6 ޑިސެންބަރު 2023 ވާ ބުދަ ދުވަހުން ފެށިގެން 21 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

(ނ)  ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 100.00 ރުފިޔާއެވެ.

(ރ)   ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 26 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވައިލްޓް 11  ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި އެ ޢިމާރާތްތައް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.

06 ޑިސެންބަރު 2023
ހޯދާ