ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ފޮރިން ރިލޭޝަންސް އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ފޮރިން ރިލޭޝަންސް އޮފިސަރ    

ރޭންކް:

 GS4/B

ސެކްޝަން/ޑިޕާޓްމަންޓް

 ފޮރިން ރިލޭޝަންސް ސެކްޝަން

ބޭނުންވާ ޢަދަދު:

 1

ތަޢުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

 

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި  8އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

  • މިމަޤާމަށް މީހަކު ހޮވުމުގައި ފޮރިން ރިލޭޝަންސްގެ ދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ. ޕީ. އޭ.) ރާއްޖޭގެ ގޮފިން ކުރަންޖެހޭ މަސައްކަތްކުރުމާއި، ސީ. ޕީ. އޭ. ގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ވަފުދުތައް ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އޭޝިއަން ޕާލިމެންޓަރީ އެސެމްބްލީ (އޭ. ޕީ. އޭ.) ގެ ބައްދަލުވުންތަކުގައި މަޖިލީހުން ބައިވެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ އެސޯސިއޭޝަނުގެ ރާއްޖޭގެ ގޮފިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް (އޭ. އެފް. ޕީ. ޕީ. ޑީ.) ގެ ބައްދަލުވުންތަކުގައި މަޖިލީހުން ބައިވެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ ފޯރަމްގެ ރާއްޖޭގެ ގޮފިން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޤާނޫނުހަދާ މަޖިލިސްތަކަށް ނިސްބަތްވާ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި ބޭރުގެ ޤާނޫނުހަދާ މަޖިލިސްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިންގ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަޖިލީހުން ބައިވެރިވާ ޖަމްޢިއްޔާތަކުން ފާސްކުރާ ޤަރާރުތައް ދިވެހިބަހަށް ތަރުޖަމާކުރުން.
  • ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން (ހުރިހާ ލިޔެކިޔުންތަކުގެ ހާރޑް ކޮޕީ ފައިލްކޮށް ސޮފްޓް ކަމާގުޅޭ ފޯލްޑަރގައި ސޭވްކޮށް ބެލެހެއްޓުން).
  • ސީ. ޕީ. އޭ. އާއި އޭ. އެފް. ޕީ. ޕީ. ޑީ. ގެ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި މަޖިލީހުން ބައިވެރިވާ ގޮތުގެ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި. ޕީ. ޔޫ.) ގެ ރާއްޖޭގެ ގޮފިން ކުރަންޖެހޭ މަސައްކަތްކުރުމާއި، އައި. ޕީ. ޔޫ. ގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ވަފުދުތައް ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، މަޖިލީހުގެ ރައީސް ބޭރުގެ ޢިއްޒަތްތެރިންގެ އަރިހުގައި ކުރައްވާ ބައްދަލުވުންތަކަށް ބޭނުންވާ ބްރީފިންގ ޕޭޕަރސް އަދި ޓޯކިންގ ޕޮއިންޓްސް ތައްޔާރުކޮށް ރެކޯރޑްސް ބެލެހެއްޓުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، ބައިނަލްއަޤްވާމީ ކޮންފަރެންސްތަކުގައި މަޖިލީހުގެ ރައީސް ދެއްވާ ތަޤްރީރު/ސްޓޭޓްމަންޓްތައް ތައްޔާރުކުރުމާއި އެފަދަ ކޮންފަރެންސްތަކަށް ބޭނުންވާ ދިރާސާ ކަރުދާސްތައް ތައްޔާރުކުރުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، ޕާލިމެންޓަރީ ޔޫނިއަން އޮފް ދި އޯ. އައި. ސީ. މެމްބަރ ސެޓޭޓްސް (ޕީ. ޔޫ. އައި. ސީ.) ގެ ރާއްޖޭގެ ގޮފިން ކުރަންޖެހޭ މަސައްކަތްކުރުމާއި، ޕީ. ޔޫ. އައި. ސީ. ގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ވަފުދުތައް ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، މަޖިލިސް ބައިވެރިވެފައިނުވާ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ބާއްވާ ބައްދަލުވުންތަކުގައި މަޖިލީހުގެ ވަފުދުތައް ބައިވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކަމާ ގުޅޭ މުވައްޒަފު ނެތް ހިނދެއްގައި، މަޖިލީހުން ނުވަތަ މަޖިލީހުގެ އިދާރާއިން ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ޖަމާޢަތަކާ އަލަށް ގުޅުން އުފައްދާނަމަ، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

އުޖޫރަ:

- މަހަކު 8,250 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

6 ޑިސެންބަރ 2023 އިން 14 ޑިސެންބަރު 2023 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ
  • މަޤާމުގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ

     

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

06 ޑިސެންބަރު 2023
ހޯދާ