މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާއިން ކުރެވުނު އިޢުލާން ނަންބަރު: (IUL)318-PRO/318/2023/68 އާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އާއި މަޢުލޫމާތަށް ބަދަލު ގެނެސްފައިވާތީ އެ އިޢުލާނު ބާޠިލުކޮށް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސެންޓްރަލް ޕާރކްގެ ވޯކްވޭގައި އެތުރުމަށް ބޭނުންވާ ގައު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.

މަޢުލޫމާތު ދިނުން

2023 ޑިސެންބަރު 12 ވާ އަންގާރަ ދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުން

2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު6602519,6602514  ފޯނާއި ގުޅުއްވުން އެދެމެވެ.

06 ޑިސެންބަރު 2023
ހޯދާ