ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

އިޢުލާން

ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް، ހިންގައި އަދި ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު

 

ތައާރަފް

ދ. ކުޑަހުވަދޫގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް،  ހިންގައި ބެލެހެއްޓުމަށް 30 އަހަރު ދުވަހުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން ދ. ކުޑަހުވަދޫ ލޭންޑު ޔޫސް ޕްލޭންގައި ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ 176 ނަމްބަރު ކޮށީގެ ޖުމުލަ 27945 އަކަފޫޓުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް، ހިންގައި ބެލެހެއްޓުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވަން އެދޭ ފަރާތްތަކުން 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ސުވާލުތަކަށް ޖަވާބުދިނުން ހިނގާނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. ސުވާލުތައް ފޮނުވާނެ އެޑްރެސް އިތުރު މައުލޫމާތުގެ ބައިގައިވާނެއެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 17 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަމްބަރު ލިޔެވިފައި އޮންނަން ވާނެއެވެ.

ޕްރޮޕޯޒަލްގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް:

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ބިމުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް، ހިންގައި ބަލަހައްޓާނެގޮތުގެ ޕްލޭން
  • އިންވެސްޓްމަންޓްގެ އަގު
  • ކުންފުނި/ވިޔަފާރީގެ އިންސާނީ ވަޞީލަތް ހަމަޖެހިފައިވާގޮތުގެ ޕްލޭން
  • ކައުންސިލަށް ލިބިދެވޭ މަންފާ ( ބިމު ކުއްޔާއި، ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާނެ ކަންކަމާއި އަދި ސީއެސްއާރުގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ކަންކަން ވަކިވަކިން ބަޔާންކުރުން)
  • ޕްރޮޖެކްޓުގެ މާލީ ގާބިލުކަން ކަށަވަރުކުރުމަށް މާލީ އިދާރާއަކުން ދީފައިވާ އިތުބާރު ހުރި ފަރާތެއްކަން އަންގައިދޭ ސިޓީ

 

 

ޕްރޮޕޯސަލް އިވެލުއޭޓް ކުރުމަށް ބޭނުންކުރާނެ މިންގަނޑުތައް

މާކްސް ދެވޭ ބައިތައް

ވެއިޓޭޖް

ބިމުކުލީގެ ގޮތުގައި ކައުންސިލަށް ދިނުމަށް ހުށަހަޅާ އަގު

35

ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލަށް ނަފާވާ ކަންތައްތަކަށް ހުށަހަޅާ ހުށަހެޅުން

35

ސީއެސްއާރު ގެ ގޮތުގައި ރަށުގެ އުމްރާނީ ނުވަތަ އިޖުތިމާއި ގޮތުން ކޮށްދޭން ހުށަހަޅާ ހުށަހެޅުން

30

 

އިތުރުމަޢުލޫމާތު

1-      ޕްރޮޕޯސަލް ކާމިޔާބުވާ ފަރާތުން، ލެޓަރ އޮފް އެވޯޑް ލިބޭތާ 60 ދުވަސްތެރޭ ވިޔަފާރި ރަޖިސްޓަރީކޮށް ބަދަލުގެ ކަންތައްތަށް ނިންމައި، ކައުންސިލާއި އެކު އެއްބަސްވުން ވުމަށް ހޯދަންޖެހޭ އެންމެހައި ހުއްދަތަކެއް ފުރިހަމަކޮށް ކައުންސިލަށް ހުށަހަޅަންވާނެއެވެ.

2-      ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައެއް ނުގަނެވޭނެއެވެ.

3-      ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) ޕްރޮޕޯސަލް އެވެ.

4-      ދިވެހި ބަހުން ނުވަތަ އިނގެރޭސި ބަހުން ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ.

5-      ޕްރޮޕޯސަލްތައް އިވެލުވޭޓް ކުރާނީ ކައުންސިލުން ކަޑައަޅާ 3 މެމްބަރުންގެ ކޮމެޓީއަކުންނެވެ.

6-      ކޮމެޓީއިން އެންމެ ރަގަޅު ކަމަށް ކަޑައަޅާ ޕްރޮޕޯސަލްތައް، ކައުންސިލްގެ ޖަލްސާއަށް ގެންގޮސް އެންމެ ރަގަޅު ޕްރޮޕޯސަލް ކަޑައަޅާނީ ކައުންސިލްގެ ޖަލްސާއިން

7-      ޕޮރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމަށް ހިންގާ ޚަރަދަކަށް މި ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

8-      ލެޓަރ އޮފް އެވޯޑް ދޫކުރުމުގެ ކުރިން، ކޮންމެ ހިނދެއްގައިވެސް، މި މުޅި ޕްރޮސެސް އެކީ ނުވަތަ ބައެއް ބާތިލުކުރުމަކީ ނުވަތަ ބަދަލުކުރުމަކީ ކައުންސިލަށް ލިބިގެންވާ ހައްގެކެވެ. މިފަދަ ކަމަކުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އަދާކުރަންޖެހޭ އެއްވެސް ދަރަންޏެއް ނުވާގޮތަށް ނުވަތަ އަސަރު ކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ކައުންސިލްގެ ނިންމުން އޭގެ މައްޗަށް ބިނާވެފައިވާ ސަބަބުތައް ބުނެދިނުމުގެ އިލްތިޒާމެއް ނޯންނާނެހެން، ކައުންސިލަށް ލިބިގެންވާ ހައްގެކެވެ.

9-      މި ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތާ ގުޅިގެން މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

10-  ޕްރޮޕޯސަލްގައި ރާވާފައިވާ ކަންކަމާގުޅިގެން ދައުލަތުގެ އިދާރާތަކުން ނަގަންޖެހޭ އެންމެހާ ހުއްދަތައް ނެގުމާއި ދައްކަންޖެހޭ ފީތައް ދެއްކުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

11-  މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް
  • ދ. ކުޑަހުވަދޫ ކައުންސިލް އިދާރާ
  • ފޯން:  6760522
  • އީމެއިލް : [email protected]

 

މި އިޢުލާނާއެކު ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވިފައިވާ ބިން އެނގޭނޭ ކުރެހުން އެއްކަރުދާސްކޮށް، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ޑިސެންބަރު 2023
ހޯދާ