ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ އުތުރު ފަރާތު ބީޗް ސަރަޙައްދުގެ ހޭޅީގައި ހުރި 116 ރުއް ހިމެނޭ ރުއްގަނޑު ވަރުވާއަށް ދޫކުރުމާއިބެހޭ

           ހއ. ހޯރަފުށީ އުތުރު ފަރާތު ބީޗް ސަރަޙައްދުގެ ހޭޅީގައ ހައްދާފައިވާ ރުއްގަނޑު ވަރުވާއަށް ލިޔެ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން މި ރުއްގަނޑު ލިޔެދެވޭނީ އަހަރު ދުވަހަކަށް އެންމެ ބޮޑު ވަރުވާއެއް ހުށަހަޅާ ފަރާތަކަށެވެ.

           ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

11 ޑިސެމްބަރ 2023

ހޯމަ

11:00

ފޯމު ބަލައިގަތުން

14 ޑިސެމްބަރ 2023

ބުރާސްފަތި

11:00

         

          އަގު ހުށަހަޅާ ފޯމާއި ޙަވާލުވުމަށާއި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، މިކަމަށް އެދޭ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވާ ފަރާތުން ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ފޮނުވާފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

           މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

06 ޑިސެންބަރު 2023
ހޯދާ