މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް، އިންފްރާސްޓްރަކްޗަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

ޑިރެކްޓަރ ޖެނެރަލް، އިންފްރާސްޓްރަކްޗަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ. އެކްސް. 5

ބޭނުންވާ އަދަދު

01

މަޤާމު ނަންބަރު

258104

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/13890ރ
  • ސަރވިސް އެލަވަންސް: -/2000ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

  (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ކޮންސްޓްރަކްޝަން މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ހިންގުމަށް ބޭނުންވާ އެކިއެކި މަޝްރޫއުތަކާއި މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން އިންފްރާސްޓްރަކްޗަރ ޑިޕާރޓްމަންޓާ ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާތައް ދެނެގަނެ އެފަދަ ގޮތަކަށް ޑިޕާރޓްމަންޓްގެ މަސައްކަތްތައް ރާވައި ކުރިއަށްގެންދިޔުން.
  • ޑިޕާރޓްމަންޓްއިން ހިންގާ މަސައްކަތްތައް ހިނގަމުންދާގޮތް މޮނިޓަރކޮށް، ރަނގަޅުކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް އެކަންކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ނިންމައި ޑިވިޜަން ހެޑުންނަށް އެކަންކަން އޮޅުންފިލުވައިދީ އެހީތެރިވެދިނުން.
  • އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޑިވިޜަން ހެޑުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ޓާގެޓް ކަނޑައަޅައި، މުއްދަތުގެ ތެރޭގައި ފެންވަރު ބަލައި ކޯޕަރޭޓް ޑިޕާޓްމަންޓަށް ރިޕޯޓުކުރުން.
  • ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި މިނިސްޓްރީގެ މެންޑޭޓާ އެއްގޮތްވާގޮތުގެ މަތިން އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވައިލުމާއި، ބޭރުގެ އެހީ ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތަކުގެ ބަޖެޓް އެކުލަވައިލުމުގެ އިތުރުން މަޝްރޫއުތަކުގެ ޕްރޮކިޔުމަންޓް މަސައްކަތަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެ ލަފާދިނުން.
  • ޑިޕާޓްމަންޓް މަސައްކަތްތައް ކުރިއަށްދަނީ ޢަމަލުކުރަންޖެހޭ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބަލައި މި ފަދަ ކަންކަމަށް މުވައްޒަފުން ހޭލުންތެރިކޮށް އަހުލުވެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޑިޕަރޓްމަންޓުން ހިންގާ މަޝްރޫޢުތަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި، ބޭރުގެ އެހީދޭ ފަރާތްތައް އަދި އާންމުންނަށް ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޑިޕަރޓްމަންޓްގެ މުވައްޒަފުންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން އަދި އެޕްރެއިސަލް މަސައްކަތްތައް ވަގުތަށް ނިންމުމާއި، މުވައްޒަފުންނަށް ލިބެންޖެހޭ ތަމްރީނާއި ވަޒީފާގެ ކުރިއެރުމުގެ ފުރުޞަތުތައް ހަމަހަމަކޮށް ހޯދައި ދިނުމަށް މަގުފަހިކޮށްދިނުން.
  • ޑިޕާޓްމަންޓްގެ ދަށުން ހިންގާ ޑިވިޜަން، ސެކްޝަން އަދި ޔުނިޓްތަކުން ކުރިއަށްގެންދާ މަސައްކަތްތައް ހަރުދަނާކޮށް ހިންގުމަށް ބޭނުންވާ ލަފާދިނުން.
  • މިނޫންވެސް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅިގެން ކުރިއަށްގެންދަންޖެހޭ އެންމެހައި މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
  • ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރ ޖެނެރަލުންނާ ގުޅިގެން މަސައްކަތްކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004146، 3004379 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • ތައުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ.
  • އިންޓަރވިއު.
  • ތެދުވެރިކަމާއި، ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރާއި އެކަށީގެންވާ ރަނގަޅު ލީޑަރޝިޕް ސްޓައިލެއް ހުރުން.
  • ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު/ މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު އަދި ޕްރެޒެންޓޭޝަން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 އެޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ