ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ގޭބިސީތަކަށް ދެވިފައިވާ ދަނޑުބިންތަކުގައި ކަންއެޅުމާގުޅޭ

އިޢުލާން

ދަނޑުވެރިކަން ކުރުމަށް ގޭބިސީތަކަށް ދެވިފައިވާ ދަނޑުބިންތަކުގައި ކަންއެޅުމާގުޅޭ.

             ދަނޑުވެރިކަންކުރުމަށް ގޭބީސީތަކަށް ދޫކުރެވިފައިވާ ދަނޑުބިން ކަން އެޅުމައްހަމަޖެހިފައިވަނީ 22 ނޮވެމްބަރ 2023 ން ފެށިގެން 20 ޑިސެމްބަރ 2023 އަށް ކަމުގައި ދަންނަވަމެވެ. 

             އަދި ދަނޑުބިމުގައި ކަން އަޅައިދިނުމަށް ހަމަޖެހިފައިވަނީ ދަނޑުބިމާއި އިންވެގެން ވާ މަގުތައް ވިނަ ނޮޅާ ސާފުކުރުމަށްފަހު ކަން އެޅުމަށް މިކައުންސިލްގައި ނަންނޯޓް ކުރާ ތަރުތީބުން ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ކަމުގައި ދަންނަވަމެވެ. 

ނޯޓް: މަގު ސާފުކުރުމަށް ހަމަޖެހިފައިވަނީ ބައުންޑަރީ މަގު ދެފަޅި އަދި ދަނޑުބިމުގެ އެތެރޭގެ މަގުތައް އެއްފަޅި ކަންއެޅުމަށް ކޮންމެ ކަނަކައް 4 (ހަތަރު) ގައު ހިމެނޭ ގޮތަށް

             ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2023
ހޯދާ