ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާގުޅޭ

                      މި ރަށު އިންޖީނުގޭގެ އިރުމަތީ ފަރާތު ރިޒާވްކުރެވިފައިވާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)408-ESMS/408/2023/46 (23 އޮކްޓޫބަރު 2023) އިޢުލާނަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

                      ވީމާ، އެ ސަރަޙައްދުގައި ފެހިކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއްގެ ވެރިފަރާތެއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު އެ ރުކެއް ނުވަތަ ގަހެއްގެ ނަންބަރު އެނގޭގޮތަށް 11 ޑިސެމްބަރު 2023 ވާ ހޯމަދުވަހުގެ 12:00ގެ ކުރިން މި އިދާރާއަށް ލިޔުމަކުން އެންގެވުން އެދެމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2023
ހޯދާ