ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ފާދިއްޕޮޅު އެވޯޑު 2023" އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލުން

ފާދިއްޕޮޅުގެ ދަރިންގެ ތެރެއިން ޝަރަފުވެރިވަނަތަކާއި މަޤާމުތައް ހޯދާ ފަރާތްތަކަށާއި، ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކަށާއި، ޚިދުމަތްތެރި މަދަނީ ޖަމިއްޔާ ޖަމާޢާތްތަކަށާއި، ތަފާތު ދާއިރާތަކުން އަތޮޅަށް ފާހަގަކުރެވޭފަދަ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކޮށް، އެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ އެވޯޑެއް ދިނުމަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ވަނީ ނިންމަވާފައެވެ. "ފާދިއްޕޮޅު އެވޯޑް 2023" ގެ ނަމުގައި ދެވިގެންދާ މި އެވޯޑް ދެވޭނީ މިކަމަށްޓަކައި ބާއްވާ ޙާއްސަ އިޙްތިފާލެއްގައެވެ. ފާދިއްޕޮޅު އެވޯޑް 2023 ގެ އިނާމު ދިނުމުގެ ސިޔާސަތު އަދި އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

އެޕްލިކޭޝަން ފޯމް ހުށަހެޅުން:

  • ގޫގުލް ފޯމް މެދުވެރިކޮށް ހުށަހަޅާ ލިންކް: https://bit.ly/46JycFp
  • އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް އީމެއިލް ކުރައްވާއިރު [email protected] އަށް ސީސީ ކުރަންވަންވާނެއެވެ.
  • އެޕްލިކޭޝަން ފޯމް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުންވެސް ބަލައިގަންނާނެއެވެ.
  • ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިއުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭ ގޮތަށެވެ.

ސުންގަޑި:

ނަން ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ދާއިރާއަކާއި ގުޅޭ އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި، ފޯމާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް 20 ޑިސެންބަރު 2023 ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ފޯން: 6620331

އީމެއިލް: [email protected]

05 ޑިސެންބަރު 2023
ހޯދާ