މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަދި 2022 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅު ތެރެއިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި 2023 ވަނަ އަހަރު ދަފްތަރުގައި ހިމެނި ފަރާތްތަކުން ރިވިއު ފޯމް ހުށައެޅުމާއި ގުޅޭ

2021 އައި 2022 ވަނަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް" ހުށައެޅުމުގެ ފުރުސަތު 2023 ޑިސެންބަރު 03 ވަނަ ދުވަހުން ފެށިގެން އިން 2023 ޑިސެންބަރ 10 ވަނަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވީމާ، ތިރީގައި ބަޔާންކުރެވިފައި ޙާލާތްތަކަށް ބަދަލު އައިސްފައިވާ ފަރާތްތަކުން ރިވިއު ފޯމް ހުށަހެޅުއްވުން އެދެމެވެ.

  1. ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ރަށް ފިޔަވައި އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮއްފައިވާ ފަރާތްތަށް
  2. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ (ކައިވެނި ނުވަތަ ވަރިވެފައިވާ) ފަރާތްތަށް
  3. ދަފްތަރުގައި ރަޖިސްޓްރީވީފަހުން ވަޒީފާ ލިބުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ ފަރާތްތަށް
  4. 2023 ވަނަ އަހަރު ދަފްތަރުގައި ރަޖިސްޓްރީވީފަހުން 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭ އާއިލާތައް އަދި 25 ޑިސެމްބަރ 2023 ގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހެއް  / މީހުން ހިމެނޭ އާއިލާތައް.

މި ދެންނެވުނު ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ދެވިފައިވާ މުއްދަތަށް "ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަންނަ ފޯމް"  ހުށަހަޅާފައިނުވާނަމަ ދަފްތަރުން އުނިކުރެވޭނެއެވެ.

05 ޑިސެންބަރު 2023
ހޯދާ