މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ، ފައިނޭންސް (ކޮންޓްރެކްޓް)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އޮފިސަރ، ފައިނޭންސް (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

މުއްދަތު:

6 މަސް

މުސާރައާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: -/7،475 ރުފިޔާ
  • ސަރވިސް އެލަވަންސް: ކުންފުނިގެ އެޗް.އާރު ޕޮލިސީގައި ވާ ގޮތުގެ މަތިން ދުވާލަކަށް -/85 ރުފިޔާ
  • ޑެއިލީ އެލަވަންސް:  ކުންފުނިގެ އެޗް.އާރު ޕޮލިސީގައި ވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

ކުންފުނީގެ އެޗް.އާރު ޕޮލިސީ ގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިތުރުގަޑީގެ އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

ފެންވަރު ނުވަތަ ޝަރުތު:

  • މަތީ ސާނަވީ އިމްތިހާނުން 3 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުން ނުވަތަ އެކައުންޓިންގ، ފައިނޭސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ނުވަތަ މަތީ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން.

ނުވަތަ

  • ސާނަވީ އިމްތިހާނުން 5 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައި ވުމާއެކު މަޤާމާއި ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ ޙައްޖު އަދި އުމްރާ ފައިސާބަލައިގަތުމުގެ މަސައްކަތް ކޮންމެ ދުވަހަކު ބެލެހެއްޓުން.
  • ކުންފުނީގެ އެކައުންޓްސްގެ ޑާޓާ އެންޓްރީގެ ހުރިހާ މަސައްކަތެއް ކުރުން.
  • އިންވެސްޓްމެންޓް ރިޓަރންގެ ޑާޓާ އެންޓްރީ ކުރުން.
  • ޕޭމަންޓް ވައުޗާ އަދި ޗެކް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
  • ފައިސާ ދެއްކޭ ބިލްތައް އެންޓްރީކޮށް ފައިސާ ދައްކަން ޖެހިފަހުރި ބިލްތަށް ބެލެހެއްޓުމާއި ކަމާ ގުޅުންހުރި އެންމެހާ ކަންތައްތައް ކުރުން.
  • ފިކްސްޑް އެސެޓް ރެޖިސްޓާރ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ އެކައުންޓްސް ޕެޔޭބަލް ރިޕޯޓް ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ތައްޔާރުކުރުން.
  • ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއިއެކު،  އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެ އެއްބާރުލުން.

 

މަސައްކަތުގެ ވަގުތު:

މި ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު މިކުންފުނީގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ.

ސުން ގަޑި:

14 ޑިސެމްބަރ 2023، ބުރާސްފަތި ދުވަހުގެ 14:00

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

05 ޑިސެންބަރު 2023
ހޯދާ