ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކަށް ދެވިފައިވާ ދަނޑުބިންތަކަށް ވަދެނުކުތުމަށް ހެދިފައިވާ މަގުތަށް ސާފުކުރުމާގުޅޭ.

އިޢުލާން

ގޭބިސީތަކަށް ދެވިފައިވާ ދަނޑުބިންތަކަށް ވަދެނުކުތުމަށް ހެދިފައިވާ މަގުތަށް ސާފުކުރުމާގުޅޭ.

             ދަނޑުވެރިކަންކުރުމަށް ގޭބީސީތަކަށް ދޫކުރެވިފައިވާ ދަނޑުބިމަށް ވަދެނުކުތުމަށް ހެދިފައިވާ މަގުތައް ސާފު ކުރުމުގެ މަސަކަތް 10 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ. އަދި ދަނޑު ބިމުގެ މަގުތައް ސާފުކުރުމުގައި މަގައްއަރާ އަލަކޯރުތަކާއި މަގުގައި އިންދާ ހައްދަމުންދާ އެންމެހާ ތަކެތި ނަގާ ސާފުކުރުމާއި ބިންގަނޑު އެއްވަރު ކުރުމަށް ހަމަޖެހިފައިވާތީވެ، ދަނޑުބިމުގެ މަގުތަކުގައި ކޮނެފައިވާ އަލަކޯރުތަކާއި އަދި އިންދާ ހައްދަމުންގެންދާ އެންމެހާ ތަކެތި 9 ޑިސެންބަރު 2023 ވަނަ ދުވަހުގެ  ކުރިން ނަގައި ގެންދިއުމަށް ދަންނަވަމެވެ.

             އަދި މި މުއްދަތުގެ ތެރޭ ނަގައި ނުގެންގޮސްހުރި އެންމެހާ ތަކެއްޗަކީ ބޭނުންނެތް ތަކެތި ކަމުގައި  ބަލައި އެތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޑިސެންބަރު 2023
ހޯދާ