މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިދޭސީ މުވައްޒަފުންގެ ވިސާކަންތަކާއި މި ނޫނަސް ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް

މި މިނިސްޓްރީގެ ނަންބަރު IUL)138-AS4/1/2015/57)ފ(01 މާރިޗު 2015) އިޢުލާނުން މި މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންތަކާއި މި ނޫނަސް ބިދޭސީންނާ ގުޅުންހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އަލުން އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

24 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:00

31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 12:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އަދި މީގެ ކުރިން މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތައް އަލުން އަންދާސީހިސާބު ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ. ނަމަވެސް، އެފަދަ ފަރާތްތަކުން މި މަސައްކަތަށް ޝައުޤުވެރިވާނަމަ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 30004136 ނަންބަރު ފޯނާއެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ