މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ނޫސްމަޖައްލާ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލުން

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުން ވަގުތީގޮތުން މެދުކަނޑާލުން

ޤާނޫނު ނަންބަރު: 78/47 (ނޫސްމަޖައްލާ ފަދަ ތަކެތީގެ ގާނޫނު) ގެ ދަށުން ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމް ބަލައިގަތުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ. ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ މަސައްކަތްކުރަމުން އައީ ކުރީގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަމަށްވެފައި، މިހާރު ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ކަންތައް މިމިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ބަދަލުވުމުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމްތައް އިސްލާހުކުރުމުގެ މަސައްކަތްކުރަމުން ގެންދާތީއެވެ. އެމަސައްކަތް ނިމުމުން އަލުން ފޯމް ބަލައިގަތުމަށް ހުޅުވާލާނެ ވާހަކަ ދަންނަވަމެވެ. 

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

05 ޑިސެންބަރު 2023
ހޯދާ