ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި އެޅުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައި.ސީ.ޓީ ފެސިލިޓީ އިމާރާތުގެ މަސައްކަތުގެ އެސެސްމެންޓް ހަދައިދިނުމާއި ކޮންސަލްޓެންސީ ދިނުން

  1. ޏ.ފުވައްމުލަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައި.ސީ.ޓީ ފެސިލިޓީ އިމާރާތުގެ މަސައްކަތް ސުޕަރވައިޒުކޮށް ކޮންސަލްޓެންސީ ދޭންއެދޭ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ޏ.ފުވައްމުލަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައި.ސީ.ޓީ ފެސިލިޓީ އިމާރާތުގެ މަސައްކަތް ސުޕަރވައިޒުކޮށް ކޮންސަލްޓެންސީ ދޭންއެދޭ ފަރާތުގެ މަސްޢޫލިއްޔަތުތައް ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ.

2.1-          ކޮންމެ 2 ހަފްތާއަކުން އެއްހަފްތާ ޕްރޮގުރެސް މީޓިން ބާއްވާ ޔައުމިއްޔާ ލިޔެ ޕްރޮޖެކްޓްގެ ޕްރޮގްރެސް ބެލުން. މިގޮތުން ކޮންޓްރެކްޓަރ އަދި ކެންޕަސް ކޮޅުން ސައިޓް މެނޭޖަރއާއިއެކު އޮންލައިންކޮށް މީޓިންގް ބޭއްވުން.

2.2-          ކުރެހުންތައް، ބީއޯކިއު އަދި ސައިޓްގެ ކަންކަމާއި ގުޅިގެން ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުމާއި ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސް ކުރެހުން އަދި ބީއޯކިއު ގެ މައްސަލަތައް ހައްލުކޮށްދިނުން.

2.3-          ޓެކްނިކަލް ސްޕެސިފިކޭޝަންއާ އެއްގޮތައް މަސައްކަތް ކުރިޔައްގެން ދިއުމުގައި ލަފަޔާ އިރުޝާދު ދިނުން އަދި އެޕްރޫވަލް ދޭންޖެހޭ ކަންކަމުގައި އެޕްރޫވަލްދިނުމަށް ޔުނިވަރސިޓީއާ މަޝްވަރާކުރުން.

2.4-          ޔުނިވަރސިޓީގެ މަޝްވަރާގެ ދަށުން މެޓީރިއަލް އެޕްރޫވަލް ދިނުން.

2.5-          ޓެންޑަރ ޑޮކިއުމަންޓް އަދި ބީ.އޯ.ކިއުއާ އެއްގޮތައް މަސައްކަތް ކުރިޔަށްދޭތޯބަލާ ޗެކްކޮށް ދިމާވާ މައްސަލަތައް ހައްލުކުރުން. ވޭރިއޭޝަން ދޭންޖެހޭ ހާލަތެއް މެދުވެރިވާނަމަ ޔުނިވަރސިޓީއާއި މަޝްވަރާކޮށް އެކަންކަން ނިންމުން.

2.6-          ބިލްތަކަށް ފައިސާދެއްކުމުގައި ބީ.އޯ.ކިއުގައިވާ މަސައްކަތް ކޮއްފައި ހުރިތޯބަލާ ޗެކްކުރުމަށްފަހު އިންޓަރިމް ޕޭމަނަޓް ސެޓިފިކެޓް ހަދައި ދިނުން.

2.7-          ކަނޑައެޅޭ މުހިންމު މަރުހަލާތަކުގައި މަސައްކަތުގެ ސައިޓަށް ކުރަން ޖެހޭ ދަތުރުތައް ކުރުން އަދި އިންސްޕެކްޝަން ރިޕޯރޓް ހުށަހެޅުން. މިދަތުރުތަކުގެ ޚަރަދުގެ ތެރެއިން ތިރީގައިވާ ޚަރަދުތައް ދޭނީ ޔުނިވަރސިޓީއިންނެވެ. މިގޮތުން ވައިގެމަގުން ކުރާ ދަތުރުގެ ޓިކެޓް، އެއްގަމު ދަތުރުފަތުރު، އެއިރަކަށް ކަނޑައެޅިފައިވާ ރޭޓަކުން ހުރުމާ، ކެއުމުގެ ޙަރަދު ދެވޭނެއެވެ. ދަތުރެއްގެ މުއްދަތުކަމަށް ބަލާނީ ގިނަވެގެން 2 ދުވަހެވެ.

  • ޕްރޮޖެކްޓް ނިމުމުން ފައިނަލް އިންސްޕެކްޝަން ރިޕޯރޓް ހެދުން.

  3. ބީލަމަށް އަގުހުށަހަޅަން ޖެހޭނީ ތިރީގައިވާ ގޮތަށެވެ.

  • ޕްރޮޖެކްޓްގެ މުއްދަތުގައި ކޮންސަލްޓީ ދިނުމަށް މަހަކަށް ހުށަހަޅާ އަގު:
  • ޕްރޮޖެކްޓްގެ މުއްދަތުގައި 2.7ގައި ބަޔާންކޮށްފައިވާ ކޮންމެ ދަތުރަކަށް ކޮންސަލްޓަންސީ ފާރމުން ދަތުރަކަށް ޗާރޖް ކުރާނޭ އަގު
  •  
  • 4. ކުރިމަތިލާފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން އޮންނާނީ 14 ޑިސެންބަރު 2023 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ
  • 5. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް މިއިޢުލާނާއި އެކުގައިވާނެއެވެ.  ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  • 6. ބީލަން ހުށަހެޅުން އޮންނާނީ 21 ޑިސެންބަރު2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.

7. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ޏ.ފުވައްމުލަކުގައި  އެޅުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އައި.ސީ.ޓީ ފެސިލިޓީ އިމާރާތުގެ  މަސައްކަތުގެ އެސެސްމެންޓް ހަދައިދީ ކޮންސަލްޓެންސީ ހަދައި ދިނުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

8. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ.  

9. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 18 ޑިސެމްބަރ 2023 އެވެ. 

މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: , 3345109, 33451483345110، 3345111

އީ-މެއިލް: [email protected]

 

04 ޑިސެންބަރު 2023
ހޯދާ