ފެމިލީ ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފެމިލީކޯޓު / ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ރޭންކް:

އެމް. އެސް. 3

މުސާރަ:

7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް 2000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް މުސާރައިގެ %40

- ލިވިންގ އެލަވަންސް 2700.00 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު:

- މަޤާމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ  ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތުގެ   ފެންވަރު   ބެލުމުގެ   ނިޒާމުން   ވަޒީފާގެ   ކުރިއެރުން   ޙައްޤުވާ   މާކުހެއް   ލިބެމުން  ދިއުމާއެކު، އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

-  ކޯޓުގެ މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމާއި، ބަދަލުކުރުމާއި، ވަކިކުރުމާއި، މުވައްޒަފުން ވީއްލުމުގެ ކަންތައްތަކާއި، ރިޑަންޑަންސީއާއި ވަޒީފާއާބެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރަޔާ ގުޅުންހުރި މަސައްކަތްކުރުމާއި، އެކަމާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުން.

- މުވައްޒަފުންގެ ހާޒިރީ ރެކޯޑް ބެލެހެއްޓުން.

- ކޯޓުގެ ޓްރެއިނިންގ ރިކުވަޔަރމަންޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގ ދިނުމުގެ މަސައްކަތްކުރުން.

- މުވައްޒަފުންގެ ފެންވަރުބެލުމުގެ އެންމެހައި ކަންތައްތައް ހިނގަމުންދާގޮތް ބަލައި، ނިންމަންޖެހޭ މުއްދަތުގައި އެންމެހައި ކަންތައްތައް ނިންމައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

- މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ކައުންސިލިންގއާއި ނަސޭހަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.

- ކޯޓުގެ ހިއުމަން ރިސޯސް ސެކްޝަނަށް ލިބޭ ސިޓީއާއި މެސެޖާއި މެމޯއާއި  ރިޕޯޓާއި،  މިނޫންވެސް އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ ޖަވާބުދިނުން.

- ހިއުމަން ރިސޯސް ސެކްޝަނުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، މޮނިޓަރކުރުން.

- މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަމުގެ ރެކޯޑް ބެލެހެއްޓުން.

- މަޤާމުގެ ހައިސިއްޔަތުން އިތުރު ކަމެއް ކުރަންޖެހޭނަމަ، އެކަމެއް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

- ވަޒީފާއާބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަހުލުވެރިވެފައިވުން.

- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

- މުޢާމަލާތުކުރުމުގެ ހުނަރު.

- އެޓިޓިއުޑް، ޓީމް ވަރކް، އިސްނެގުން.

- ދިވެހިބަހާއި އިނގިރޭސިބަހުން މުޤާމަލާތުކުރުމުގެ ހުނަރު.

- މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރިވެފައިވާ މިންވަރު.

- އެސް.އޭ.ޕީއަށް އަހުލުވެރިވެފައިވާ މިންވަރު.

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓު www.familycourt.gov.mv ން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

2 އެޕްރީލް 2015 ގެ 14:30 ކުރިން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަވިއު ޕެނަލުގައި، މި މަޤާމުގެ ވާޖިބުތައް އަދާކޮށްދެވޭނެފަދަ ޤާބިލް މީހެއްކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް. އާރު ކޮމިޓީއަށް ފެންނަ ފޯމުތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަވެއްޖެނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 26 ޖުމާދަލްއޫލާ 1436
17 މާރިޗު 2015
ހޯދާ