ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރ އޮފީސް އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމާއި ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅޭ

                   ދިވެހިރާއްޖޭ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމާއި ގުޅުވައިގެން ބަނޑިދޫ ކައުންސިލުން އިސްނަގައިގެން ބަނޑިދޫ ޕޮލިސްޓޭޝަންއާއި ގުޅިގެން ، ދ. ބަނޑިދޫގެ މުވައްސަސާތަކުގެ މެދުގައި ބާއްވާ އިންޓަރ އޮފީސް އަންހެން އަދި ފިރިހެން ވޮލީމުބާރާތް 26 ޑިސެމްބަރ 2023 ވާ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.   

     މި 2 މުބާރާތުގައި ބައިވެރިވާން އެދޭ މުވައްސަސާތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާ ފޯމް ފުރުއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުވުން އެދެމެވެ. ފޯމް ހުށަހަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށްފަހު 14 ޑިސެމްބަރ 2023 ވަނަ ދުވަހު އޮފީސް ބަންދު ވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 21 ޑިސެމްބަރ 2023 ،  12:00 ގެ ކުރިން މިކައުންސިލަށް ހުށަހަޅަންވާނެއެވެ.

     މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތަކުން 13 ޑިސެމްބަރ 2023 ގެ 13:00 ކުރިން ސިޓީ އަކުން މިކަމަށްއެދި ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ދެވޭނީ -/70،000 ރުފިޔާއިން މަތިން ހުށަހަޅާ ފަރާތަކަށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ސްޕޮންސަރ ކުރުމަށް ހުށަހެޅިދާނެއެވެ. މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                   މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2023
ހޯދާ