މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޓީޗަރސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލަރޝިޕް 2023 – (އަލުން އިޢުލާންކުރެވިފައި)

ޓީޗަރސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލަރޝިޕް 2023 – (އަލުން އިޢުލާންކުރެވިފައި)

ކޯހުގެ ޢަދަދު: 2 ފުރުޞަތު

މާސްޓަރސް އޮފް އޯޓިޒަމް

ކޯހުގެ ދާއިރާ:

ޤައުމު:  ޔުނައިޓެޑް ކިންގްޑަމް (ޔޫ.ކޭ)

މާސްޓަރސް ޑިގްރީ

ކޯހުގެ ލެވެލް:

މާސްޓަރސް ޑިގްރީ

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާޞިލުކޮށްފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މިވަގުތު ސަރުކާރު ސްކޫލެއްގައި ކިޔަވައިދިނުމާއި ގުޅޭ ވަޒީފާއެއްގައި ހުރުން.

2. ސަރުކާރު ސްކޫލެއްގައި ކިޔަވައިދިނުމާއި ގުޅޭ ވަޒީފާއެއްގައި މަސައްކަތްކުރާތާ މަދުވެގެން 2 އަހަރުވުން.

3. މި މިނިސްޓްރީން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

4. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށު ކޮޕީ.

4. މިހާރު އަދާކުރާ ވަޒީފާއާއި، ވަޒީފާއަދާކުރާ ތަން އެނގޭނެ ލިޔުމެއް.

5. ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލު ކުރުމަށްފަހު، ސަރުކާރު ސްކޫލްއެއްގައި ޚިދުމަތް ކޮށްފައިވާ ތަންތަނާއި މުއްދަތު އަދި މަޤާމް އެނގޭނެ ރަސްމީ ލިޔުންތައް (ސެން ޓީޗަރެއްގޮތުގައި ހިދުމަތްކޮށްފައިވާނަމަ އެމުއްދަތު އިނގޭނެގޮތަށް).

6. ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ކޯހުގެ ދިގުމިނަށް ބިނާކޮށް ކަނޑައެޅިފައިވާ މުއްދަތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކަނޑައަޅާ ސްކޫލެއްގައި ޚިދުމަތްކުރުމަށް އެއްބަސްވާކަމުގެ ލިޔުމެއް (ކެންޑިޑޭޓު ސޮއިކޮށްފައި).

7. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

8. ކުރިން ލޯނުނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު، ކޯހުގެ މުއްދަތުގެ ތެރޭގައިވެސް ދައްކަމުން ގެންދާނެކަން ބަޔާންކޮށް ހުށަހަޅާ، ކެންޑިޑޭޓްގެ އަމިއްލަ ލިޔުމެއް ނުވަތަ އެހެން ފަރާތެއް އެކަމާ ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑުތަކަށް ބިނާކޮށެވެ.

-އެންމެ ފުރަތަމަ އިސްކަންދޭނީ އެކަޑެމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުން ހޮވުމަށެވެ. (މެރިޓަށް ޕޮއިންޓް ދޭގޮތުގެ ތަފްޞީލް މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެއެވެ). މެރިޓް ޕޮއިންޓުން އެއްވަރު ވެއްޖެނަމަ ދެން ހޮވާނީ ސެން ޓީޗަރަކަށް ސަރުކާރު ސްކޫލެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތުގެ ދިގުކަމަށް އިސްކަން ދީގެންނެވެ. މެރިޓަށް ދިން ޕޮއިންޓް އަދި ސެން ޓީޗަރަކަށް ސަރުކާރު ސްކޫލެއްގައި ހޭދަކޮށްފައިވާ ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ، ދެން އިސްކަންދޭނީ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލުކުރުމަށްފަހު، ސަރުކާރު ސްކޫލެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތުގެ ދިގުކަމަށެވެ.

*މި ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް(ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ،  އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު) ހަމަޖައްސާނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ.

*މި ސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ކެންޑިޑޭޓުން ކިޔަވައި ނިމިގެން ދިވެހިރާއްޖެ އައިސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ އެފަދަ ތަޢުލީމުދިނުމަށް ޚާއްސަކުރެވިފައިވާ މަރުކަޒެއްގައި މަސައްކަތްކުރުމަށް ޝަރުތުކުރެވޭނެއެވެ.

*ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވި، ލޯނުގެ ޚަރަދުގައި ކިޔެވުން ފެށުމުގެ ފުރުޞަތު ލިބިފައިވާ ކެންޑިޑޭޓަކު، އެ ލޯނުގެ އެގްރީމެންޓްގައި މިހާތަނަށް އަދި ސޮއިކޮށްފައިނުވާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕަށް ހޮވިއްޖެނަމަ، ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

*އެހެން ސްކޮލަރޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓަކު މި ސްކޮލަރޝިޕް ފުރުޞަތަކަށް ނުހޮވޭނެއެވެ.

*މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި: 18 ޑިސެންބަރު 2023 ހޯމަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026936 / 3026947 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

04 ޑިސެންބަރު 2023
ހޯދާ