މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި، އިޤްތިޞާދީ ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ވިޔަފާރި، އިޤްތިޞާދީ ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުން

ރަށުގައިހުރި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ރަށުގެ ބަނދަރާ ގުޅިގެން ބަނދަރުގެ އިރުން އަލަށް ހިއްކާފައިވާ ފަސްގަޑުން، ފުޅަދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން، ފައިބަރ މަސައްކަތް ކުރުމަށާއި، ގައު އެޅުމަށާއި، ވަނޑާން ކުރުމަށާއި، ގުދަން އެޅުމަށާއި އަދި ލަނޑާ ކެއްކުމަށް  ބިން ކުއްޔަށްދޫކުރުމަށް، 2023 ސެޕްޓެންބަރު 06 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 59 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމަވާފައެވެ. މިގޮތުން މިބުރު ދޫކުރުމަށް ހަމަޖެހިފައިވަނީ، ފައިބަރ މަސައްކަތް ކުރުމަށް ދޫކުރާ  04 (ހަތަރެއް) ބިމާއި، ގައު އެޅުމަށް ދޫކުރާ 03 (ތިނެއް) ބިމާއި، ވަނޑާން ކުރުމަށް ދޫކުރާ 03 (ތިނެއް) ބިމާއި، ގުދަން އެޅުމަށް ދޫކުރާ 09 (ނުވައެއް) ބިމާއި އަދި ލަނޑާ ކެއްކުމަށް ދޫކުރާ 07 (ހަތެއް) ބިމެވެ. މި ބިންތައް ދައްކުވައިދޭ ޗާޓާއި ރަށުގެ އައުޓްލައިން ޗާޓެއް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައި ވާނެއެވެ.

 

ވީމާ، މި ބިންތައް ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ، ފުޅަދޫގެ ރައްޔިތުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަކުއްޔަކީ މަހަކު އަކަފޫޓަކަށް 60/- (ފަސްދޮޅަސް ލާރިއެވެ.) ބިން ކުއްޔަށް ދެވޭނީ، ހުށަހެޅޭ ބީލަންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ތަކަށެވެ.

 

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

21 ޑިސެންބަރު 2023

10:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

28 ޑިސެންބަރު 2023

10:00

ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބިންކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަދި ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަން ވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާ ގަނޑީގެ ފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6600057 ފޯނާ ގުޅުއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

03 ޑިސެންބަރު 2023
ހޯދާ