ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ހުޅަނގުފަރާތުގައި ހުރި ރުއްތައް (މަލިކު ރުއްގަނޑު) ވަރުވާއަށް ލިޔެދިނުމާއި ގުޅޭ

ހއ. ދިއްދޫ ހުޅަނގުފަރާތު އަތިރިމަތީގައި ހުރި ފޯދިފައިވާ 27 ރުއް (މަލިކު ރުއްގަނޑުގެ ރުއްތައް) އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް 05 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ލިޔެދިނުމަށް ބޭނުންވެއެވެ. އެހެންކަމުން، މި ރުއްތައް ވަރުވާއަށް ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަގު ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚުގައި އަގު ހުށަހެޅުން އެދެމެވެ.

 

އަގު ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

4 ޑިސެންބަރު 2023 އިން 14 ޑިސެންބަރު 2023 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

އަގު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

އަގު ހުށަހަޅަން ރަޖިސްޓަރީވާ ފޯމް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާ އެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

04 ޑިސެންބަރު 2023
ހޯދާ