މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ދިއްގަރުން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކުގެ މަޢުލޫމާތު ހޯދުން

މ. ދިއްގަރު ތަރައްޤީގެ އާއުސްމިންތަކަކަށް ވާސިލްވުމަށް މިރަށު ރައްޔިތުންނާއި އެހެން ރަށްރަށުގެ ލޮބުވެތި ރައްޔިތުންވެސް ހިމަނައިގެން ސަރަޙައްދީ ހަބަކަށް މިރަށް ހެދުމަށް އިޤްތިޞާދީ ގޮތުންނާއި ޢިޖުތިމާޢީ ގޮތުން އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް މިކައުންސިލުން މިދަނީ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން މިރަށުން ގޯތި ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ ރަށުންބޭރު ފަރާތްތަކަކީ ކޮބައިތޯބެލުމަށް މި ކައުންސިލުން ބޭނުންވެއެވެ.  

ކައުންސިލުން ކުރިއަށް ގެންދިއުމަށް ޕްލޭންކުރާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މިރަށުން ގޯތި ލިބުމަށް ޝައުޤުވެރިވާ ރަށުންބޭރުގެ ފަރާތްތަކުން ތިރީގައިވާ ގޫގުލްފޯމް މެދުވެރިކޮށް 14 ޑިސެންބަރު 2023 ގެ ކުރިން މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ.

ގޫގުލް ފޯމް: https://forms.gle/rFo7MvBaWspXskGT9

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.

04 ޑިސެންބަރު 2023
ހޯދާ