ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އުހުންތަކުރާ މަސްރޭސް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސް ރޭހެއް މަޑަވެލި–ހޯނޑެއްދޫ ރައްޔިތުންނަށް އަމާޒްކޮށްގެން ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް ބާއްވަން ހަމަޖެހިފައިވަނީ 15 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުއެވެ.

 

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.

 

(ހ) 1 ވަނައަށް ހޮވޭ ޓީމަކަށް -/5000ރ (ފަސްހާސް ރުފިޔާ) ފައިސާގެ އިނާމް

(ށ) 2 ވަނައަށް ހޮވޭ ޓީމަކަށް -/2500ރ (ދެހާސް ފައްސަތޭކަ ރުފިޔާ) ފައިސާގެ އިނާމް

(ނ) 3 ވަނައަށް ހޮވޭ ޓީމަކަށް -/1000ރ  (އެއްހާސް ރުފިޔާ) ފައިސާގެ އިނާމް

(ރ) އެންމެ ބަރުމަސް ބޭނި ޓީމަކަށް -/500ރ (ފައްސަތޭކަ ރުފިޔާ) ފައިސާގެ އިނާމް

          ވީމާ، މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް 11 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް

ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލްކުރާނީ [email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއި އެއްކަރުދާސް ކޮށްފައިވާނެއެވެ.

               ވީމާ، މިކަން ތިޔަ ފަރާތުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

03 ޑިސެންބަރު 2023
ހޯދާ