މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސަރވޭ މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑިމޮގްރަފިކް އެންޑް ހެލްތު ސާރވޭގެ މަސައްކަތްތައް ކުރުމަށްޓަކައި ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ. މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރަންޖެހޭ ވަޒީފާއެކެވެ.

މަޤާމު

ސަރވޭ މެނޭޖަރ

މީހުން ބޭނުންވާ އަދަދު

2 (ދޭއް)

ކޮންޓްރެކްޓުގެ މުއްދަތު

1 އަހަރާއި 10 މަސްދުވަސް

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު

ޑިވިޜަން / ސެކްޝަން

ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު 

ތަޢުލީމާއި ތަޖުރިބާ

މެނޭޖްމަންޓް ދާއިރާއަކުން ޑިގްރީއެއް ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. ސަރވޭކުރުމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޑިމޮގްރެފިކް އެންޑް ހެލްތު ސާރވޭގެ އިދާރީ މަސައްކަތްތަކާއި، ސަރވޭގެ މީޓިންގތަކާއި ޓްރޭނިންގއާ ގުޅޭ ކަންކަން ރާވައި، އެކަން ހިންގައި، ސާރވޭގެ ފީލްޑް މަސައްކަތްތައް ކޯޑިނޭޓްކޮށް، އެކަންކަން ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ގަޑި

ހެނދުނު 8:00 ން ހަވީރު 3:00 އަށް

ޢިނާޔަތް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރު (އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހައި، ސޮއިކޮށްފައިވާ ކޮޕީ)
  4. ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ސާބިތުކޮށްދޭ ލިޔުމާއި، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަނެއްގެ ރެފެރެންސް ލިޔުމުގެ ކޮޕީ

ސުންގަޑި

މި މަޤަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 މާރިޗު 24 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތަށް (ރޯޝަނީ ބިލްޑިންގަށް) ސިޓީ ހުށަހެޅުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މާރިޗު މަހުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ 3014437 ނަންބަރު ފޯނަށެވެ.

 20 ޖުމާދަލްއޫލާ 1436
11 މާރިޗު 2015
ހޯދާ