މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު 16,500.00 ރުފިޔާ (ސޯޅަހާސް ފައްސަތޭކަ ރުފިޔާ )
  2. ސަރވިސް އެލަވަންސް: މަހަކު  4,500.00ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ޔުނިޓް:

އައިޓީ ޔުނިޓް

މަޤާމުގެ މަސްޢޫލިއްޔަތު

  • ކުންފުނީގެ އެކިކަންކަމަށް ބޭނުންވާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި އިތުރައް ތަރައްގީކުރުމުގެ މަސައްކަތްތައްކުރުން
  • ކުންފުނީގެ އެކިކަންކަމަށް ބޭނުންކުރާ ސޮފްޓްވެއަރތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

 

  • އައީޓީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑިގްރީ ޙާޞިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ސޮފްޓްވެއަރ ޑިވެލޮޕް ކުރުމުގެ މަސައްކަތަށް ބޭނުންވާ ކޮލިފިކޭޝަނާއި ތަޖުރިބާ ހުރުން.
  • PHP, MySQL, GIT ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން. 
  • HTML,CSS3,JavaScript, Bootstrap އަދި JQuery ގެ ބޭސިކް ބޭނުން ކުރުމުގެ ހުނަރު ލިބިފައިވުން.
  • PHP Laravel Framework ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ދާއިރާއިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.  
  • ކުރެވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އިން ފާސްވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 15:00އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،10 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 10 ޑިސެމްބަރ 2023  ވާ އާދީއްތަ ދުވަހުގެ  14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
03 ޑިސެންބަރު 2023
ހޯދާ