މާފުށީ ސްކޫލް
ދިވެހިރާއްޖެ
މާފުށި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

2024 ވަނައަހަރު މާފުށީ ސްކޫލްސެކިއުރިޓީ ބަލަހައްޓާދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 ޑިސެމްބަރ 2023 އިން 06 ޑިސެމްބަރ 2023 އަށް  ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި  މިސްކޫލްގައެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 12 ޑިސެންބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 17 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

                                                                                                                                                                               

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން

ފޯނުނަންބަރު 7920287

އީމެއިލް: [email protected]

 

 

            19 ޖުމާދަލްއޫލާ   1445

            03 ޑިސެމްބަރ   2023

03 ޑިސެންބަރު 2023
ހޯދާ