ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 114 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 114

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

22 ނޮވެމްބަރު 2023

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

ނިންމުންތައް

  1. ހިރިލަންދޫ ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ޓީމްގެ ބަޖެޓްގެ 20000 ވިހިހާސް ރުފިޔާ ކަނޑައެޅުމަށާއި، މުބާރާތުގެ މެނޭޖްމަންޓް ނެގުމަށް އިޢުލާނުކުރުމަށާއި މުބާރާތާއިގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ޖަމިއްޔާތަކާއި ގުޅިގެން ކައުންސިލްގެ ބެލުމުގެދަށުން ކުރިޔައްގެންދިއުމަށް ނިންމުނު.
  2. ފިނިމައިޒާނެއް ހެދުމަށް ބިމަކަށް އެދިފައިވާ މައްސަލައިގައި ކައުންސިލުން ބެލުމަށްފަހު އެކަށޭނަ ސަރަހައްދަކުން ބިންދޫކުރުމަށް ނިންމުނު.
  3. އަންހެނުންގެ ހިއްވަރު މަރާމާތު އެއްބަސްވުން އެކުލަވާލެވިފައިވާ ގޮތާއިމެދު މަޝްވަރާކޮށް ގޮތެއްނިންމުމުގެ މައްސަލައަކީ ކައުންސިލްގެ 2 މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭކަމެއްކަމުން މައްސަލަ ކުރިޔައްއޮތް ކައުންސިލްގެ ބައްދަލުވުމަށް ފަސްކުރުމަށް ނިންމުނު.
  4. 2024 ވަނަ އަހަރު ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތު ޗާޓަށް ގެނެވުނު އިސްލާޙްތަކާއިއެކު މުޅި އިޖުތިމާއީ ސަރަހައްދުތައް އެއްކޮށް މަހަކަށް 16000 ރުފިޔާގެ ބަޖެޓަކުން ކުރުމަށް، އަދި މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިއުލާނުކުރުމަށް ނިންމުނު.
  5. އެދިފައިވާގޮތައް ކައުންސިލްގެ ރައީސްގެ ޗުއްޓީ ހަމަޖެހިފައިނުވަނީ ކައުންސިލަރުންގެ ޗުއްޓީ ތާވަލާއި އެއްގޮތައް ހުށަހެޅިފައިނުވާތީ ކަމުގައި ނިންމުނު..
22 ނޮވެންބަރު 2023
ހޯދާ