ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

                  މިއީ، ގދ.ގައްދޫ ސާރާ މަންޒިލް ގޯއްޗާއި އިންވެގެން ހުޅަނގަށް ގޯތިން ބޭރުގައި އޮތް ހުސްބިމުން 524.04 ( ފަސްސަތޭކަ ސައުވީސް ) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރިތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރެވުނު އިޢުލާނާއި ގުޅިގެން މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު  ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 21 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

                 30 ނޮވެމްބަރ 2023                                                   

30 ނޮވެންބަރު 2023
ހޯދާ